ހައްޔަރުކުރި އެކަކު ދޫކޮށްލައި، ދެ ޑްރައިވަރެއްގެ ބަންދަށް ފަސް ދުވަސް

ރޭގެ މުޒާހަރާ ރާވައި އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ހައްޔަރު ކުރަނީ -- ފޮޓޯ: އަދަދު

ރޭގެ މުޒާހަރާ ރާވައި އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ހައްޔަރު ކުރަނީ -- ފޮޓޯ: އަދަދު

ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ މަގު ބަންދުކޮށް، މުޒާހަރާ ކުރި މައްސަލައިގައި ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.

"އަދަދު" އަށް އެނގިފައި ވާގޮތުގައި ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރީ މުހައްމަދު ޝާމިން އާއި އަހުމަދު ޝަބީން އާއި ނޫމާން އަހުމަދު ކިޔާ ތިން ޑްރައިވަރުންނެވެ. އޭގެތެރެއިން ނޫމާން އަހުމަދު ދޫކޮށްލައި އަނެއް ދެމީހުން ފަސް ދުވަހަށް ބަންދުކުރަން އަމުރު ކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.

ދެ ޑްރައިވަރުންނަށް ބަންދުގެ މުއްދަތު ކޯޓުން ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.

ސަރުކާރާމެދު ހިތްހަމަ ނުޖެހިފައި ތިބި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން، އާމްދަނީ ހޯދުން ވަގުތީ ގޮތުން ހުއްޓައިލުމަށް ފަހު، ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދު ކުރީ ރޭގެ 9:00 ހާއިރު އެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސް މުޅި މަގު ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އެވެ.

އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރި ވަގުތު ޓެކްސީ ޑްރައިވަރުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

އެއަށްފަހު ފުލުހުން ވަނީ މަގު ބަންދުކުރި ޓެކްސީތައް ހައިވޭއަށް އެެރިޔަ ނުދީ، ނިރޮޅުމަގު ކޮޅުން ހުޅަނގަށް ގެންގޮސް ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ޓެކްސީތައް ހިފަހައްޓައިފަ އެވެ.

އެ ސަރަހައްދުގައި ތިބި "އަދަދު" ގެ ނޫސްވެރިން ބުނީ ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ހިފެހެއްޓި ކާރުތައް ޓޯކޮށް ނިމުނީ ރޭ 11:40 ހާއިރު ކަމަށެވެ. 20 އަށްވުރެ ގިނަ ޓެކްސީ ފުލުހުން ޓޯކުރި ކަމަށް މި ނޫހުގެ ނޫސްވެރިން ބުންޏެވެ.

ބައެއް ޓެކްސީތައް ޓޯ ކުރަން ފުލުހުންގެ ފޯކްލިފްޓު ބޭނުން ކުރި ނަމަވެސް ގިނަ ޓެކްސީތައް ޓޯ ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ދުއްވާފައި ގެންގޮހެވެ.

ނިރޮޅުމަގު ބަންދުކޮށް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން މަސައްކަތް ކުރަން ފެށުމުންނެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަަށަން ނިންމާފައިވާކަން އެންމެ ފުރަތަމަ ސަރުކާރުން އިއުލާނު ކުރީ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްތު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.

އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox