ބޭރުފައިސާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމަން ފާސްކޮށް ބައްދަލުވުން ސިއްރުކޮށްފި

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ބޭރުފައިސާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމަން ފާސްކޮށް ބައްދަލުވުން ސިއްރުކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ބޭރުފައިސާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމަން ފާސްކޮށް ބައްދަލުވުން ސިއްރުކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ

ޓޫރިޒަމް ވިޔަފާރިތަކާއި 15 މިލިއަނަށްވުރެ މަތިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވާނެހެން ސަރުކާރުން އެކުލަވާލާ ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް މިއަދުން މިއަދަށް ނިންމާ، އެ މަސައްކަތްކުރާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބިލުގެ މަސައްކަތް މިއަދު 6:00 ގެ ކުރިން ނިންމަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

ބޭރުފައިސާއާ ބެހޭ ބިލުގެ މަސައްކަތުގެ ތެރެއިން މިއަދުގެ އެޖެންޑާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރުކުރުން ވެސް އެބައޮތެވެ. ބައްދަލުވުން ފެށުމުގެ ކުރިން ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ބައްދަލުވުން ސިއްރުކުރަން މަޓީން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

މިއާއެކު ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ވެސް ޝުޖާއު އެވެ. މި ހުށަހެޅުން ވެސް ފާސްވި ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުކުރި ބޭރުފައިސާއާ ބެހޭ ގަވާއިދު އަދި އާންމުންގެ ހިޔާލަށް ހުޅުވާލި މި ބިލުގެ ޑްރާފްޓަށް ވެސް ބަދަލުތަކެއް ގެނައުމަށް ފަހެވެ.

އެގޮތުން، މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ "ކެޓެގަރީ އޭ" ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރަން ހިމަނާފަ އެވެ. އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ. ކުރިން އޮތް ގޮތުންނަމަ އޭ ކެޓަގަރީގެ ތަންތަނުން 500 ޑޮލަރު މާރުކުރުން ނޫން ގޮތެއް ނެތެވެ.

ރިސޯޓުތަކުގެ އިތުރުން "ކެޓެގަރީ ބީ" ގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކަށް، އެއީ ޓޫރިސްޓު އުޅަނދުތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް، ވެސް އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ލިބެ އެވެ. ޑްރާފްޓު ކުރި ބިލުގައި އަދި މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގަވާއިދުގައި އޮތީ އެއިން ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ.

ބޭރު ފައިސާއާ ބެހޭ ބިލުގައި ފާހަގަކޮށްލެވޭ އިތުރު ބަދަލެއްގެ ގޮތުގައި ޓޫރިސްޓު ވިޔަފާރިތައް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަން ޝަރުތުހަމަވާ ވިޔަފާރިތަކަށް ގެނައި ބަދަލެވެ.

އާންމުންނާއި މަސްލަހަތުވެރިންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއާ ބެހޭ ބިލުގެ ޑްރާފްޓުގައި އޮތީ 20 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ވިިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު މާރުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި އޮތީ 15 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިތަކުން އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox