ފުލުހުންނާއި ސިފައިންގެ ވެރިންގެ ކުއްލި ބައްދަލުވުމެއް

ބައްދަލުކުރުމަށްފަހު އެމްއެންޑީއެފް އާއި ފުލުހުންގެ އިސްވެރިން އަދި ދެ ވަޒީރުން ބަންޑާރަކޮށިން ނުކުންނަނީ ---

ބައްދަލުކުރުމަށްފަހު އެމްއެންޑީއެފް އާއި ފުލުހުންގެ އިސްވެރިން އަދި ދެ ވަޒީރުން ބަންޑާރަކޮށިން ނުކުންނަނީ ---

"ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މިރޭ ކާނިވަލް ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ސިފައިންނާއި ފުލުހުންގެ އިސް ވެރިން ކުއްލި ބައްދަލުވުމެއް ދާދި ދެންމެ ބާއްވައިފި އެވެ.

ބަންޑާރަކޮށީގައި ހަވީރު ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފް އަދި ފުލުހުންގެ އިސްވެރިންގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުން ނިންމާލުމަށްފަހު އެ ބޭފުޅުން ސިފައިންގެ މައި މަރުކަޒުން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

Advertisement

މިނިސްޓަރު އިހުސާން ވިދާޅުވީ އެ ބައްދަލުވުމަކީ ވަކި ހާއްސަ ހާލަތެއް މެދުވެރިވެގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި މިރޭގެ ޖަލްސާއާ ބައްދަލުވުމާ ގުޅުމެއް ނެތް ކަމަށެވެ.

"ފުލުހުންނާއި ސިފައިން އަބަދުވެސް މައުލޫމާތު ބަދަލުކޮށް ބައްދަލުކުރޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ޖަލްސާގެ ތައްޔާރީތައް ރޭ ފެށުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސްފައިވެ އެވެ. ރޭ ކުރިއަށް ގެންދިޔައީ މިރެއަށް ވީ ތައްޔާރީތަކެއް ކަމަށް އެ ސަރަހައްދަށް ދިޔަ ފުލުހުން ބުނެފައިވެ އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުން އެމްޑީޕީގެ އާންމު މެންބަރުން މާލެ އަރާފައިވާއިރު އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންވެސް ޖަލްސާގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox