މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދެނީ މިފްކޯގެ އެކައުންޓު އޯވާޑްރޯކޮށް، ނެތް ފައިސާ ނަގައިގެން

މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ. -- ފޮޓޯ: އަދަދު

މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ. -- ފޮޓޯ: އަދަދު

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ބޭންކު އެކައުންޓު އޯވާ ޑްރޯކޮށް ނެތް ފައިސާ ނަގައިގެންކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް ފައިސާ ދިނުމަށް އެ ބޭންކުން މިފްކޯއަށް 700 މިލިއަން ރުފިޔާ އޯވާޑްރޯ ފެސިލިޓީއެއް ވަނީ ހަމަޖައްސައިދީފަ އެވެ. އެ ފެސިލިޓީ މެދުވެރިކޮށް ނަގާ ފައިސާ އަނބުރާ ދެއްކުމަށް ޝަރުތުކޮށްފައިވަނީ ޑޮލަރުންނެވެ.

މިފްކޯއިން ބޭރުކުރާ މަހަށް ޑޮލަރުން އާމްދަނީ ލިބެ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ބަހެއް ނުލިބެ އެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުއްދި ދިގުލައިގެން ދާތީ މަސްވެރިންގެ ކަންބޮޑުވުންތައް އޮތީ ބޮޑުވެފަ އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ ނަމުގައި، އެމްޑީޕީން އިސްވެ މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮށް އެވެ.

މިއީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އާއި މިފްކޯ މެދުވެރިވެގެން ހަދާފައިވާ އެރޭންޖުމަންޓެއް ކަމަށް ރައީސް އިއްޔެ ވިދާޅުވީ ކ. ގާފަރުގައި ވާހަކަ ދައްކަވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އޯވާ ޑްރޯ އެގްރީމެންޓަށް ގެރެންޓީ ދީފައިވަނީ ސަރުކާރުންނެވެ.

ބީއެމްއެލްއާއެކު ވި އެއްބަސްވުމުގެ ދަށުން، އިއްޔެއާ ހަމައަށް މަސްވެރިންނަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިފްކޯއިން ވަނީ މަސް ގަންނަ އަގު ވެސް 5ރ. އާއި 16ރ. ދެމެދުގެ ރޭޓަކަށް ތިރިކޮށްފަ އެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކީ މަސްކިލޯއެއް 20ރ. ގައި ހިފެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox