ފައްޔާޒު ހައްޔަރުކުރަން ޕީއެންސީގެ މަޖިލިސް މެންބަރުން ގޮވާލައިފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : އޭނާ ހައްޔަރުކުރަން ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ގޮވާލާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : އޭނާ ހައްޔަރުކުރަން ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ގޮވާލާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ ހައްޔަރުކުރަން ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ގޮވާލައިފި އެވެ.

ފައްޔާޒް ހައްޔަރު ކުރަން ޕީއެންސީގެ މެންބަރުން ގޮވާލީ "ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަންޖެހޭނީ އަމީނަށް ހެދިހެން" ކަމަށް ބުނެ އެކި ޕޯޑިއަމްތަކުގައި އެމްޑީޕީން ވާހަކަ ދައްކަމުންދާ ކަމަށް ބުނެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަމުންނެވެ.

މިހާރު ބަލައިގަނެ ބަހުސްކުރަމުންދާ މި މައްސަލާގައި ބުނެފައި ވަނީ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އާންމު މެންބަރަކު އަދި ދަނޑިކޮށި ޖަގަހާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ގޮވާލައިފަ އެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަލައި އެމަނިކުފާނު އަވަހާރަކޮށްލަން ގޮވާލުމުގެ ބަދަލުގައި ސެލިއުޓު ނަގަންވީ ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް ވަގުތުން ވަގުތަށް އެކަންކަމަށް އެ ގޮވާލާ ފަރާތްތައް ހައްޔަރުކޮށް އެބޭފުޅުންގެ ތަހުގީގު ހިންގަން ކަމާބެހޭ ވުޒާރާތަކަށް. މިކަހަލަ ކަންކަން ދޫކޮށްލައިފި ކަމަށް ވަންޏާ މާދަމާ މީގެން ނުކުމެދާނެ ނަތީޖާ ވަރަށް ހިތިވެދާނެ،" ރިފާއު ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވީ، އެމްޑީޕީން އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކުވެސް މިފަދަ ކަންކަންކޮށް ފާޅުގައި އެ ވާހަކަތައް ދައްކާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ 2012 ގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމުން ހިނގި ހަމަނުޖެހުންތަކެވެ.

"އަޅުގަނޑު ގޮވާލަން މި މައްސަލަތައް މިއަދުން މިއަދަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިއަދުން މިއަދަށް އެބޭފުޅުން ޖަވާބުދާރީކޮށް. ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް މިބޭފުޅުންނަށް ދޭން ޖެހޭ ހައްގު އަދަބު ދިނުން. ސަބަބަކީ މިއީ ކުށެއް،" ދީދީ ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، ފައްޔާޒު ކުރެއްވި ކަމަކީ އިސްލާމް ދީނާއި ރާއްޖޭގައި ހުރި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. މިއީ ޓެރަރިޒަމްގެ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި އެމްޑީޕީގެ އިސްވެރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރަން ޖެހޭ ކަމަށާއި ތަހުގީގީ އިދާރާތަކުން ވެސް މައްސަލަ އަވަހަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، އޭނާ ގަބޫލުކުރަނީ އެއީ ނަސޭހަތެއްގެ ގޮތުގައި ދެއްކި ވާހަކައެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދި ގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު އެ ހުންނެވި ޑރ. މުއިއްޒުއަށް ނަސޭހަތުގެ ގޮތުގައި، އެހެންވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ އިނގޭތޯ؟،" ފައްޔާޒް ވިދާޅުވި އެވެ.

އެ މޭރުމުން ފައްޔާޒް ވާހަކަ ދެއްކެވި ނަމަވެސް، އެ ވިދާޅުވީ މުހައްމަދު އަމީންއަށް ހެދި ކޮން ގޮތެއްގެ ވާހަކައެއް ކަމެއް އެނާ ވިދާޅެއް ނުވެ އެވެ. އޭގެ ތަފުސީލަކަށް ވަޑައިނުގެން ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، ރައްޔިތުންނަށް އަނިޔާވެރިވާ ވެރިންނާ މެދު ކަން ހިނގާފައި ހުރީ އެހައި ރީތިކޮށް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox