ގޯލްޑް ކަޕް: މީދޫ އާއި ދިއްދޫ އެއްވަރުވެ އިންތިޒާރުކުރަން ޖެހިއްޖެ

Dec 6, 2024, 1:33 AM
މެޗުގައި މީދޫގެ ދެ ގޯލު ޖެހި އިންމި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޗުގައި މީދޫގެ ދެ ގޯލު ޖެހި އިންމި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރޭ ދ. މީދޫ އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ ދެ ޓީމުން ދެ ވަނަ ބުރުގެ ޖާގަ ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ގޯލްޑް ކަޕްގައި މިހާރު ކުރިއަށްދަނީ ފަސް ޓީމު ހިމެނޭ ގްރޫޕް އޭގެ ބާކީ މެޗުތަކެވެ. އެ ގޮތުން، މި ގްރޫޕުން ދެ ވަނަ ބުރުގެ ތިން ޖާގައިގެ ތެެެރެއިން އެއް ޖާގަ ހޯދީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދައިގެން، ޏ. ފުވައްމުލަކު ސިޓީ އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް މީދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް، ދ. ކުޑަަހުވަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ ތިން މެޗުން ވެސް ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި ގްރޫޕްގައި ބާކީ އޮތީ މީދޫ އާއި ކުޑަހުވަދޫ ކުޅޭ މެޗާއި ދިއްދޫ އާއި ފަރެސްމާތޮޑާ ކުޅޭ މެޗެވެ. މާދަމާ ކުޅޭ މި މެޗުތަކުގެ ނަތީޖާ އިން ދެ ވަނަ ބުރުގެ ފަހު ދެ ޖާގަ ލިބޭނީ، މީދޫ، ދިއްދޫ އަދި ކުޑަހުވަދޫ ތެރެއިން ދެ ޓީމަކަށެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން، ދިއްދޫގެ ހުސެއިން ސިފާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، މީދޫ އަށް އެއްވަރުކޮށްދިނީ، ޒުވާން ގައުމީ ޓީމާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އިބްރާހިމް އިމްރާން (އިންމި) އެވެ. ދިއްދޫގެ ހަތަރު ވަރަކަށް ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އިންމި ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ދެ ވަނަ ހާފުގައި މީދޫން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، މެޗުގެ 57 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އިންމި އެވެ. އިންމި ވަނީ ބޮލުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 78 ވަނަ މިނިޓްގައި، ދިއްދޫން އެއްވަރުކުރި ގޯލު ޖެހީ، އާދަމް ނަސީހު އެވެ. މިއީ، ދިއްދޫ ޓީމުގެ އަހުޒަމް ރަޝީދު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅައެއް ދިފާއުކުރަން މީދޫ ކުޅުންތެރިއަކު ޖައްސާލި ބޯޅަ، ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ބޮލުން ފޮނުވާލައިގެން ނަސީހު ކާމިޔާބުކުރި ގޯލެކެވެ.

ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން 10 ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، މާފުށީގެ އިތުރުން، ނައިފަރު، ކ. ގުރައިދޫ، ޅ. ކުރެންދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ. ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox