ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުން އިންތިހާބުގެ ސައްހަކަމާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ބައްދަލުވުމެއްގެ ތެރެއިން: ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުން އިންތިހާބުގެ ސައްހަކަމާ މެދު އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ބައްދަލުވުމެއްގެ ތެރެއިން: ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުން އިންތިހާބުގެ ސައްހަކަމާ މެދު އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށްް ފަހު ވަގުތު އެ އިންތިހާބު ބާއްވާ ޔޫތު މިނިސްޓްރީން ބަދަލު ގެނައުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނައުމާއި އެ އިންތިހާބާ ގުޅޭ ބައެއް އިޖުރާއަތްތައް މިނިސްޓްރީން ކުރިއަށް ގެންދާ ގޮތުން އިންތިހާބާ މެދު ސުވާލު އުފެދި ސައްހަކަން ގެއްލޭ އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެގޮތުން ވޯޓުލާން ރަޖިސްޓްރީ ކުރި ބައެއް މީޑިއާތަކުން ވޯޓުލާން ހަމަޖައްސާފައިވާ ފަރާތްތައް ކުއްލި ގޮތަކަށް ބަދަލު ކުރަން ހުށަހަޅައިގެން ކަމަށް ބުނެ ގެޒެޓް ކޮށްފައިވާ ދާއިމީ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާކަން އެމްޖޭއޭއިން ފާހަގަކުރި އެވެ.

"އެމްއެމްސީގެ އިންތިހާބު ބޭއްވުމުގެ އުސޫލުގައި ދާއިމީ ވޯޓާސް ލިސްޓު އެކުލަވާލުމާ ގުޅޭ ސުންގަޑިތަކާއި އިޖުރާއަތްތަކެއް ކަނޑައެޅިފައި ވަނިކޮށް ގެޒެޓް ކޮށްފައި އޮތް ދާއިމީ ވޯޓާސް ލިސްޓަށް ބަދަލު ގެނައުމަކީ އުސޫލުގެ ރޫހާ ހިލާފު އަދި އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމެއް،" އެމްޖޭއޭ އިން ބުންޏެވެ.

މީގެއިތުރުން އެމްޖޭއޭއިން ބުނީ އިންތިހާބަށް ކުރިމަތިލުމަށް ދުރާލާ އިއުލާންކޮށް އެކަމުގެ ސުންގަޑި ހަމަވެ، ކެންޑިޑޭޓުންގެ ލިސްޓާއި އިންތިހާބުގެ ތާރިހުތައް އިއުލާން ކުރި ފަހުން އިންތިހާބަށް ކުރިމަތިލާން މިނިސްޓްރީން އަލުން ހުޅުވާލުމަކީ ސުވާލު އުފެދޭ ކަމަށެވެ.

މިހާރު އިއުލާން ކޮށްފައިވާ އެމްއެމްސީގެ އިންތިހާބު ކުރިއަށް ނުގެންގޮސް ލަސް ކުރުމަށް ގޮވާލައި އެމްޖޭއޭއިން ބުނީ އިންތިހާބު އިންތިޒާމު ކުރުމަށް މީޑިއާތަކާއި މަސްލަތުވެރިން ޝާމިލުވާނެ ގޮތަށް އިންތިހާބުގެ އިންތިޒާމު ކޮމިޓީއެއް ނަގައިގެން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) 10 މެންބަރުންގެ ދައުރު ޑިސެމްބަރު 14، ގައި ހަމަވާތީ ބާއްވާ އެ އިންތިހާބުގައި މީޑިއާތަކުން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ނޮވެމްބަރު 14، ގަ އެވެ.

ނަމަވެސް އެ ލިސްޓަށް ވެސް ބަދަލުތަކެއް ގެނައުމަށް ފަހު ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުލާ މީހުންގެ އާ ލިސްޓު އާންމުކުރިއިރު، ބައެއް މީޑިއާތަކުން ވޯޓުލާ މީހުންތައް ވަނީ ބަދަލުވެފަ އެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox