ކެފޭތަކުގެ މަނާ ސަރަހައްދުގައި ސިނގިރޭޓު ބޯނަމަ ވިޔަފާރި ހުއްދަ ބާތިލު ކުރާ ގޮތަށް ބަދަލުކުރަނީ

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު: ކެފޭތަކުގެ މަނާ ސަރަހައްދުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެޗްޕީއޭ

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު: ކެފޭތަކުގެ މަނާ ސަރަހައްދުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެޗްޕީއޭ

ކެފޭ/ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި އެކަން ކުރާނަމަ، އެތަނެއްގެ ވިޔަފާރި ހުއްދަ ބާތިލު ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން ހާމަ ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ކެފޭ/ރެސްޓޯރެންޓްތަކުގެ މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެ ތަނެއް ޖޫރިމަނާ ކުރެވޭ ފައިސާ ނުދައްކައިފިނަމަ، އެ ތަނަކަށް ހެލްތުން ދޫކޮށްފައިވާ ހުއްދައިގެ އިތުރުން ވިޔަފާރީގެ ހުއްދަ ވެސް ބާތިލު ކުރެވޭނެ ކަމަށެވެ.

ނަމަވެސް, ހަސަން ވިދާޅުވީ ނަތީޖާ ފެންނަން ފަށާނީ ގާނޫނު ރަނގަޅަށް ތަންފީޒު ކޮށްގެން ކަމަށެވެ.

"މި ގާނޫނުގައި އެބަހުރި އެ ތަނަށް ހެލްތުން ދޫކޮށްފައި ހުންނަ ހުއްދަ ބާތިލު ކުރުމުގެ ފުރުސަތު އެބައޮތް މިހާރު ގާނޫނުން. އަދި އެ ވަރުން ވެސް އެ ތަން އިސްލާހު ނުވެއްޖެނަމަ އެތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި، ވަކި ހިސާބަކުން ބާތިލު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ގާނޫނުތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

އެގޮތުން އެ ގާނޫނު ތަންފީޒު ކުރެވޭނެ މަގުތައް މިހާރު ކުރެވެމުންދާ މަސައްކަތުގެ ދަށުން ކުރެވި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން އެކަން ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިފަދަ ކޮންމެ ކަމެއްގައި ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރޭ. އަޅުގަނޑުމެން އެންމެ ފުރަތަމަ މިކަން ތަންފީޒު ކުރަން އެދޭ މުއައްސަސާއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ވެސް ކަމެއް އެނގޭތޯ،" ނާޒިމް ވިދާޅުވި އެވެ.

"މިފަދަ ކޮންމެ ކަމެއް އެންމެ ސެކްޓާއެއް ގުޅިގެން އަޅުގަނޑުމެންނަށް ހާސިލު ނުވާނެކަން އެއީ އެނގޭ ކަމެއް. ކަށަވަރުވާ ކަމެއް. މީގައި ތަންފިޒީ އިދާރާތަކާއި އާންމު މުޖުތަމައުގެ އެއްބާރުލެއްވުމާއި ކޮންމެ ފަރުދަކީމެ މިފަދަ ކަމެއްގައި އެހީތެރިކަން ހުރި ފަރުދެއްކަމުގެ ވިސްނުން މުޅި މުޖުތަމައުއަށް އަޅުގަނޑުމެން ގެންނަން އެބަޖެހޭ."

ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، އެކަމަށް ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގޮތް ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށް، ދުންފަތުން ދުރު ކުރުމަށް ފަރުވާ ދެވޭނެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox