ގޯލްޑް ކަޕް: ފަހަތުން އަރައި ކެންދޫ ބަލިކޮށް ނައިފަރު އަނެއް ބުރަށް

Dec 3, 2024, 6:50 PM
ގޯލްޑް ކަޕް: ފަހަތުން އަރައި ކެންދޫ ބަލިކޮށް ނައިފަރު އަނެއް ބުރަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ފަހަތުން އަރައި ބ. ކެންދޫ އަތުން 2-1 އިން މޮޅުވެ، ޅ. ނައިފަރުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ގްރޫޕް ޑީން ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ، ރ. އަލިފުށިން ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. އެ ގްރޫޕުން ދެ ވަނަ ބުރުގެ ބާކީ ދެ ޖާގައިގެ ތެރެއިން އަނެއް ޖާގަ މި ހޯދީ ނައިފަރުންނެވެ. އަނެއް ޖާގަ އަށް ކެންދޫ އާއި ކ. މާފުށިން ވަނީ އިންތިޒާރުކުރަން ޖެހިފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު މާފުށިން އަލިފުށްޓާ ކުޅޭނެ އެވެ.

އަލިފުށި އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނައިފަރުން ތިން މެޗު ކުޅެގެން ހަ ޕޮއިންޓް ހޯދިއިރު، ތިން ވަނައިގައި އޮތް ކެންދޫ އާއި ހަތަރެއްގައި އޮތް މާފުށްޓަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ނުކުތް، ކެންދޫން ވަނީ ލީޑުނަގައިފަ އެވެ. މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ނައިފަރުގެ ކެޕްޓަން، ހުސެއިން ފައިސަލް (ފައިޓޯ) އަތުން ބޯޅަ ހޯދުމަށް ފަހު އޭރިއާބޭރުން ކެންދޫގެ މަލްސޫން ޔާމީން އޭރިއާބޭރުން ފޮނުވާލި ބޯޅަ ހިފަން ނައިފަރު ކީޕަރު އަބްދުﷲ މުހައްމަދު މަަސައްކަތްކުރި ވަގުތު އޭނާ އަތްދަށުން ބޯޅަ ވަނީ ގޯލަށެވެ.

ނައިފަރަށް މެޗުގެ 19 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ އިމްރާން މުހައްމަދު އެވެ. އޭރިއާބޭރުން އިމްރާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ނައިފަރު މޮޅުކޮށްދިން ގޯލު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިޔާ އިމްރާން އެެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

މެޗުގައި ނައިފަރުން ދެ ވަނަ ލަނޑު ޖެހުމުގެ ކުރިން، ކެންދޫ އަށް އަލުން ލީޑުނަގައިދޭން އޭރިއާތެރެއިން ރައްޝާފް މުހައްމަދަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ނުވަ ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، ނައިފަރު، ކ. ގުރައިދޫ، ޅ. ކުރެންދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox