ގުލާބީ މަގުގައި ހުންނަ މއ. ހުދު އަކިރި ގޭގެ ހަތަރުވަނަ ފަންގިފިލާއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން، 53 ކަމަށެވެ. އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.














