މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅުތެރެއިން ފެނިގެން ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.
މީޑިއާތަކަށް ފުލުުހުން ފޮނުވި މެސެޖެއްގައި ބުނީ އެއީ ފިރިހެނެއް ކަމަށާއި އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
"ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ނުވަތަ މީހާއަށް އަނިޔާއެއް ވެފައިވޭތޯ ނޫންތޯ އަދި ފުުލުހުން ހާމައެއް ނުކުރެ އެވެ.













