ގޯލްޑް ކަޕް: މާލެ ބަލިކޮށް އޭދަފުށްޓަށް ގްރޫޕްގެ އެއް ވަނަ

Dec 1, 2024, 6:24 PM
ގޯލްޑް ކަޕް: މާލެ ބަލިކޮށް އޭދަފުށްޓަށް ގްރޫޕްގެ އެއް ވަނަ

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މާލެ ސިޓީ އަތުން 2-0 އިން މޮޅުވެ، ބ. އޭދަފުށިން ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. އޭދަފުށިން ގްރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނު މާލެ ސިޓީ އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެން މި ގްރޫޕްގައި އޮތް ތ. ތިމަރަފުށްޓާއި ބ. ތުޅާދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ދެ ޓީމު މާދަމާ ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕުން އަނެއް ބުރުގެ ފަހު ޖާގަ ލިބޭނެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށްޓަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި އަހުމަދު އައިހަމް (އައިހު) ޖެހި ހިލޭ ޖެހުމުންނެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އައިހު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. މާލެ ސިޓީގެ ކީޕަރު، އާތިފް އަހުމަދަށް މަތަކުރެވޭ ގޮތެއްނުވި އެވެ.

މާލެ ސިޓީން ލަނޑު ޖެހޭތޯ ކުރި އެޓޭކެއްގައި އިސްމާއިލް ވަޖީހު (ވައްޖެ) ފޮނުވާލި ބާރު ބޯޅަ އޭދަފުށީ ކީޕަރު އަލީ އަޖުފާން އަމްޖަދު ވަނީ މަތަކޮށްފަ އެވެ.

އޭދަފުށްޓަށް ދެ ވަނަ ހާފުގައި ގޯލު ޖަހައިދިނީ، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މާލެ ސިޓީ ޑިފެންސް ފަހަތުން އައި ބޯޅައެއް ހޯދައި، ކުރިން އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް) އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެދިން ފާއްޓޭ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މާލެ ސިޓީގެ ކީޕަރު އާތިފް އަށް އަނިޔާވެ އަށިގަނޑުގައި ބަދަލުކުރަން ޖެހުނުއިރު، ބަދަލު ކީޕަރަކަށް އެ ޓީމުގައި ހިމެނޭ ހަސަން ތޮލާލް (ޓޮޕްލަކް) އަށް ބެންޗުގައި ހުރި ނަމަވެސް، ކީޕަރު ޖޯޒީގައި އެ މަގާމަށް ކުޅެން އެރީ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އެވެ. ރިލޭ، ކީޕަރަކަށް ކުޅެން ނުކުތް ފަހުން ފާއްޓޭ ޖެހި ބޯޅައެއް މަތަކުރި އެވެ. އޭދަފުށީގެ އުނައިސް ޒުބައިރު ޖެހި ޝޮޓެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox