ކެލައަށް ފުލުހުން އަރައި، ސިހުރުވެރިން ކަމަށް ބެލެވޭ ފަސް މީހަކު ބަންދުކޮށްފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ : ސިހުރުގެ ޝަކުވާތަކާއެކު ފުލުހުން މިއަދު ހއ. ކެލާގައި އޮޕަރޭޝަނެއް ހިންގި --- ފޮޓޯ: އަދަދު

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ : ސިހުރުގެ ޝަކުވާތަކާއެކު ފުލުހުން މިއަދު ހއ. ކެލާގައި އޮޕަރޭޝަނެއް ހިންގި --- ފޮޓޯ: އަދަދު

ރަށުގެ ބަޔަކު ސިހުރު ހަދާ ކަމަށް އާންމުން ކުރި ޝަކުވާތަކަކާ ގުޅިގެން ހއ. ކެލައަށް ފުލުހުން އަރައި، ފަސް މީހަކު ބަންދުކޮށް އެމީހުންގެ ގެތައް ބަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން ކުރި ކަމަށް ބެލެވޭ ކުށުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނާ ގޮތުގައި ހއ. ދިއްދޫގައި ތިބި ފުލުހުން އެ ރަށަށް ގޮސް ފާސްކުރީ ރަށުގެ އެކި މީހުންނަށް ސިހުރު ހަދާ ކަމަށް އަޑުފެތުރިފައިވާ މީހުންގެ ގެތަކެވެ. މި ޝަކުވާތައް އިތުރުވީ ރަށުގައި ބަލި ފެތުރި ގިނަ ބައެއްގެ ހާލު ދެރަވުމާ ގުޅިގެން ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ ޓީމުން މިރޭ މި ނޫހަށް ފޮނުވި މެސެޖެއްގައި ބުނީ، ކެލާގެ ނުވަ ތަނެއް ބަލައި ފާސްކޮށް ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. އެ ފަސް މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ނަމަވެސް، މި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ފުލުހުން ބަލައި ފާސްކުރި ގެތަކުން ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ސިހުރުގެ މައްސަލަ ބޮޑު ނަމަވެސް ތަހުގީގީ އިދާރާތަކުން އެފަދަ މައްސަލަތައް ބަލާ މިންވަރު މަދެވެ. ސިހުރާ ގުޅުވައިގެން އިޖުތިމާއީ ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ. ސިހުރު ހަދާ މީހުން ހުއްޓުވަން ކަމަށް ބުނެ ޖިނާއީ ބޮޑެތި ކުށްތަކަށް ވެސް މީހުން އަރައިގަނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox