ޝާފިއުގެ ބަޔާނުގައި ބުނީ އޭނާގެ ޕޯސްޓު އެއްވެސް މީހަކަށް ނިސްބަތް ނުކުރާ ކަމަށް

އެމްޑީޕީގެ އެކްޓިވިސްޓު، ތުއްތު ފުލުހުންގެ އިދާރާއަށް ވަންނަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ އެކްޓިވިސްޓު، ތުއްތު ފުލުހުންގެ އިދާރާއަށް ވަންނަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ނޮވެމްބަރު 8، ގައި "Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރު ކުރުމުން ދިން ބަޔާނުގައި މިއަދު ބުނެފި އެވެ.

ފުލުހުންނަށް ޝާފިއު ދިން ބަޔާނުގައި ބުނެފައި ވަނީ އެ ޕޯސްޓުގައި އެއްވެސް މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދިދާނޭ ފަދަ ވާހަކައެއް ނޯންނާނެެ ކަމަށާއި އެ ޕޯސްޓުގައި ބުނާ "ކައްޒާބު" ވަކި މީހަކަށް ނިސްބަތް ކުރީ ފުލުހުން ކަމަށެވެ.

"އެ ޕޯސްޓްގެ ސަބަބުން މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދުނު ނަމަ އެމީހަކަށް އަވަސް ޝިފާއެއް ދެއްވުން އެދި އަޅުގަނޑު ދުއާ ކުރަން. މީހެއްގެ ހިތުގައި ބިރުވެރިކަމެއް އުފެދިދާނޭ ފަދަ އެއްވެސް ވާހަކައެއް އެ ޕޯސްޓަކު ނޯންނާނެ. އަޅުގަނޑު ލިޔެފައިވާ އިބާރާތަށް ރާގެއް ދީގެން އުޅެނީ ފުލުހުންގެ އިދާރާއިން. އަދި ކައްޒާބަކީ ވަކި މީހެއްކަމަށް ނިސްބަތްކުރީ ވެސް ފުލުހުންގެ އިދާރާއިން," ޝާފިއު ދިން ބަޔާނުގައި ބުންޏެވެ.

"Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކީ އޭނާ ބޭނުންކުރާ އެކައުންޓު ކަމަށް ތުއްތުގެ ބަޔާނުގައި ބުންޏެވެ. އެއަށްވުރެ އިތުރަށް ތުއްތު ބަޔާން ދީފައެއް ނުވެ އެވެ. އެއަށްފަހު އޭނާ ހުރީ ހަނެވެ.

ޝާފިއުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ:

  • ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ 2. ގެ ދަށުން އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށް
  • ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ހ. ގެ ދަށުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ބިރެއް ކުރިމަތި ކުރުމުގެ ކުށް
  • ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ހ. ގެ 3. ގެ ދަށުން އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫން ވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށް

ޝާފިއުގެ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުން ކުރާ ތުހުމަތު ނުވަތަ ތުއްތުގެ ޕޯސްޓުގައި ދީފައިވާ އިންޒާރު އަމާޒުވަނީ ކޮން ފަރާތަކަށްތޯ ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް އެނާ ވިދާޅުވި އެވެ.

"އެ ޕޯސްޓުގައި އޮތީ ކައްޒާބެއްގެ ވާހަކަ، ކައްޒާބަކީ ކާކުހެއްޔޭ، އެޔެއް ފުލުހުންނަކަށް އެއްވެސް ވަރަކަށް ބުނެއެއް ނުދެވުނު، ފުލުހުންގެ ފަރާތުން ހަމައެކަނި ބުނާ އެއްޗަކީ މުޖުތަމައުއަށް އަނިޔާއެއް ވާގޮތަށޭ މިއޮތީ،" ޝިޔާން ވިދާޅުވި އެވެ.

އެކްސްގައި ޝާފިއު ކުރި ޕޯސްޓަކާ ގުޅިގެން މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން އެ ސަރަހައްދުގައި އެމްޑީޕީގެ އާންމު މެންބަރުން މިއަދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލައިފަ އެވެ. އޭގެތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ލީޑަޝިޕުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox