ގޭންގުތައް ހުއްޓުވަން ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ގޭންގުތައް ހުއްޓުވަން ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ---- ފޮޓޯ: އަދަދު

ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ގޭންގުތައް ހުއްޓުވަން ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ---- ފޮޓޯ: އަދަދު

ގޭންގުތައް ހުއްޓުވަން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އަދަދު" ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ރޭ ފުލުހުން ހައްޔަރުކުރީ ޖުމްލަ 16 މީހުންނާއި ތިން ކުޑަކުދިން ކަމަށެވެ. މި މީހުން ހައްޔަރުކުރީ އޭގެތެރެއިން ފަސް މީހަކު ހައްޔަރުކުރަން ނެރުނު ކޯޓު އަމުރެއްގެ ދަށުން ހިންގުނު ރެއިޑެއްގައި ކަމަށެވެ.

އޭގެ ތެރެއިން 11 މީހުންނާއި ތިން ކުދިން ދޫކޮށްލީ ކޯޓަށް ނުގެންގޮހެވެ. ކޯޓަށް ނުގެންދިޔަ ނަމަވެސް މި މީހުން 24 ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބީ ކަމަށާއި އެކަން އެ ގޮތަށް ކުރީ މުޖުތަމައުގެ މަސްލަހަތު ދެމެހެއްޓުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުންނެވެ. ކޯޓުގެ ނިންމުމުގެ ބުނެފައިވަނީ، ސިލްސިލާކޮށް މާރާމާރީ ހިންގުމުގެ ތުހުމަތާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތު ކުރި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭގެއިތުރުން، ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން މި މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ނުވާ ކަމަށާއި އެގޮތަށް ތުހުމަތު ނުކުރީ އެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭ ސަރުކާރުން މަޖިލީހަށް ހުށަހަޅާނެކަން އިއުލާނުކޮށްފައިވާ ގޭންގު ބިލާއެކުު ގޭންގު ކުށްތައް ހުއްޓުވަން ދިމާވާ ގާނޫނީ ހުރަސްތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox