އަލަށް ރިޓަޔާކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ކަނޑާލަން އަންގައިފި

ވެލާނާ ގެއިން މީހަކު ނިކުމެގެން ދަނީ: އަލަށް ރިޓަޔާކޮށްގެން މަހުން މަހަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ނުދޭން ވަނީ ނިންމާފައި -- ފޮޓޯ؛ އަދަދު ފައިލް

ވެލާނާ ގެއިން މީހަކު ނިކުމެގެން ދަނީ: އަލަށް ރިޓަޔާކޮށްގެން މަހުން މަހަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ނުދޭން ވަނީ ނިންމާފައި -- ފޮޓޯ؛ އަދަދު ފައިލް

ސަރުކާރުގެ އިދާރާތަކުން އަލަށް ރިޓަޔާ ކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ކަނޑާލަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުރިހާ އިދާރާއަކަށް އަންގަވައި ސިޓީއެއް ފޮނުއްވައިފި އެވެ.

ނެޝަނަލް ޕޭ ކޮމިޝަންގެ ވެސް ރައީސް ޒަމީރު އިދާރާތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިއީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅައި ފިޔަވަޅެއް ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ކަށަވަރު ނުކޮށް ދިން ނަމަވެސް ސަރުކާރުގެ ގިނަ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސިވިލް ސާވިސް ކޮމިޝަނު (ސީއެސްސީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނަށް ފޮނުއްވި ސިޓީގައި އަލަށް ރިޓަޔާ ކުރާ މީހުންނަށް އަންނަ އަހަރުން ފެށިގެން މަހުން މަހަށް ދޭ އެލަވަންސް ނުލިބުނު ނަމަވެސް، މިހާތަނަށް ރިޓަޔާވެފައި ތިބި މީހުންނަށް އެ އެލަވެންސް ކުރިއެކޭ އެއްގޮތަށް ލިބިގެންދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ޖެނުއަރީ އެކަކުން ފެށިގެން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސާތުގެ ދަށުން އެބައި އުނިކުރަން ބޭނުންވާ ވާހަކަ އެބައޮތް ލިޔުއްވާފައި. ދެން އޭގެ މާނައަކީ ޖެނުއަރީ އެކަކުން ފެށިގެން ރިޓަޔާ ކުރާ މީހުންނަށް ކުރިއަށް އޮތްތަނުގައި ނުލިބޭނެއޭ. އެކަމަކު މިހާތަނަށް ރިޓަޔާ ވެފައި ތިބި މީހުންނަށް ލިބެމުންދާނެ،" ނާސިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިއެކޭ އެއްގޮތަށް އަލަށް ރިޓަޔާ ކުރާ މީހުންނަށް ގަނޑުކޮށް ފައިސާ ލިބޭނެކަން ފާހަގަކުރައްވާ ނާސިހު ވިދާޅުވީ ހަމައެކަނި އުނިކުރީ މަހުން މަހަށް ދޭ އެލަވަންސް ކަމަށެވެ.

ރާއްޖޭގައި 2009 ގައި ތައާރަފްކުރި ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ސަރުކާރުގެ 13 އިދާރާއަކުން ހިންގާއިރު، އަންނަ އަހަރު އެ ސްކީމަށް ހަރަދުވާނެ ކަމަށް ލަފާ ކުރީ 272 މިލިއަން ރުފިޔާއެވެ. އަދި މި އަހަރު އެ ސްކީމަށް ޖުމްލަ 266 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު އަހަރަކަށްވުރެ އަހަރެއް ދަނީ ބޮޑުވަމުންނެވެ. އެގޮތުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް ދޭ 5،000ރ. ތަނަވަސް މީހުންނަށް ނުދޭން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox