ރެއާލުން ބެލޮންޑިއޯ ބޮއިކޮޓް ކުރުމަށް އިހުތިރާމް ނުކުރެވޭނެ: ރޮޑްރީ

Nov 29, 2024, 5:00 AM
ރެއާލުން ބެލޮންޑިއޯ ބޮއިކޮޓް ކުރުމަށް އިހުތިރާމް ނުކުރެވޭނެ: ރޮޑްރީ

މެޑްރިޑް (ނޮވެމްބަރު 29) - ރެއާލް މެޑްރިޑުން މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ ބޮއިކޮޓް ކުރަން ނިންމި ނިންމުމަށް އިހުތިރާމް ނުކުރެވޭނެ ކަމަށް އެ އެވޯޑް މިި ފަހަރު ހޯދި މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) ބުނެފި އެވެ.

ރެއާލް މެޑްރިޑުން މި ހަފްލާ ބޮއިކޮޓްކުރީ، އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ އަށް ބެލޮންޑިއޯ ނުދޭން ނިންމުމުން ކަމަށް ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ވިނީޝިއުސް އަށް މި އެވޯޑް ނުދެނީ، ރޭންކިން އިން އެއް ވަނަ ލިބުނު ނަމަވެސް، ފުޓްބޯޅައިގެ ބޭރުގެ ބައެއް ކަންކަމަށް ބަލައިފައި ކަމަށެވެ. ރޮޑްރީ މި އެވޯޑް ހޯދީ ވިނީޝިއުސްގެ އިތުރުން ރެއާލްގެ ދެ ކުޅުންތެރިންނާ ވާދަކޮށެވެ. އެއީ، ސްޕެއިނުގެ ޑިފެންޑަރު ޑެނީ ކާވަހާލް އާއި އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.

ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން ރޮޑްރީ ބުނީ، ބެލޮންޑިއޯ އެވޯޑް ލިބުމުން އެ ކުރެވުނު އުފާވެރި އިހުސާސް ބުނެދެން ނޭނގޭ ކަމަށެވެ. އަދި މިހާރު މި އޮތް ފުޓްބޯޅައިގެ ޖީލަށް ގިނައިން ފެނިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަށް ގިނަ ފަހަރު ބެލޮންޑިއޯ އެވޯޑް ލިބުނުތަން ކަމަށާއި އެެހެންކަމުން އެ އެވޯޑް ލިބޭ ކޮންމެ ކުޅުންތެރިއަކު ވެސް ހާއްސަވާނެ ކަމަށެެވެ.

"ދެން، އަހަންނަށް އެ މީހުން (ރެއާލްގެ) އެ ނިންމުމަކަށް އިހުތިރާމެއް ނުކުރެވޭނެ. ދިރިއުޅުމުގައި ވެސް ވަރަށް މުހިންމު ކަމެއް މޮޅުވުމާއި ބަލިވުމުގެ ތަޖުރިބާ އިން ދަސްކުރުމަކީ، އެއީ އަހަރެން މޮޅުވި ވަގުތު، ދެން، އަހަރެން ބަލިވި ނަމަވެސް އަހަރެން އެ ތަޖުރިބާއިން ވެސް ދަސްކުރާނަން،" ރޮޑްރީ ބުންޏެވެ.

ބެލޮންޑިއޯ ފައިނަލް ވޯޓިން އަށް ބަލާއިރު، ރޮޑްރީ އަށް 1170 ޕޮއިންޓް ލިބުނެވެ. ދެ ވަނަ ހޯދި ވިނީޝިއުސް އަށް ލިބުނީ، 1129 ޕޮއިންޓެވެ.

ކަކުލުގެ އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ރޮޑްރީ ބުނީ، ބެލޮންޑިއޯގެ ކާމިޔާބީން ކެރިއަރުގައި އިތުރު ކަންކަން ހާސިލްކުރަން ހިތްވަރު ލިބިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox