ބެލޮންޑިއޯ މައްސަަލައިގައި ރޮޑްރީގެ ރައްދެއް ރޮނާލްޑޯ އަށް

Jan 2, 2025, 4:56 PM
ބެލޮންޑިއޯ މައްސަަލައިގައި ރޮޑްރީގެ ރައްދެއް ރޮނާލްޑޯ އަށް

މެންޗެސްޓާ (ޖެނުއަރީ 2) - ފްރާންސް ފުޓްބޯލްއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މިިދިޔަ އަހަރު ލިބެން ޖެހޭނީ ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް ކަމަށް ބުނެ، ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކަ އަށް ބެލޮންޑިއޯ އެވޯޑް ހޯދި މެންޗެސްޓާ ސިޓީގެ ރޮޑްރީ ރައްދުދީފި އެވެ.

ރޮޑްރީ އަށް މި ޓްރޮފީ ދިން ހަފްލާ އަށް ރެއާލް މެޑްރިޑުގެ ކުޅުންތެރިއަކު ވެސް އަދި އޮފިޝަލަކު ވެސް ހާޒިރެއް ނުވެ އެވެ. ރެއާލުން އެ ރަސްމިއްޔާތު ބޮއިކޮޓްކުރީ ޔުއެފާ އިން ނުފޫޒު ފޯރުވައިގެން، އެ އެވޯޑް ވިނީޝިއުސް ޖޫނިއާ އަށް ނުދީ ރޮޑްރީ އަށް ދިން ކަމަށް ސްޕެއިނުގެ މީޑިއާ އިން ތުހުމަތުކޮށްފައިވަނިކޮށެވެ. ބެލޮންޑިއޯ ފައިނަލް ވޯޓިން އަށް ބަލާއިރު، ރޮޑްރީ އަށް 1170 ޕޮއިންޓް ލިބުނެވެ. ދެ ވަނަ ހޯދި ވިނީޝިއުސް އަށް ލިބުނީ، 1129 ޕޮއިންޓެވެ.

ދާދި ފަހުން، ގްލޯބް ސްކޮ އެވޯޑްސްގައި، ރޮނާލްޑޯ ވާހަކަ ދައްކަމުން ބުނީ، ގްލޯބް ސޮކާގެ މޮޅު ފޯވާޑްގެ އެވޯޑާއި ފީފާ ބެސްޓް އެވޯޑްސް ލިބުނު ވިނީިޝިއުސް އަށް ބެލޮންޑިއޯ ވެސް ހައްގުވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރޮޑްރީ ބުނީ، ރޮނާލްޑޯ އެ ފަދަ ވާހަކަތަކެއް ދެއްކުމުން ލިބުނީ ހައިރާންކަން ކަމަށާއި އެންމެ ރަނގަޅަށް ބެލޮންޑިއޯ އެވޯޑް ދެނީ ކިހިނެއްކަން އެނގޭނެ މީހުންގެ ތެރޭގައި ރޮނާލްޑޯ ހިމެނޭނެ ކަަމަށެެވެ.

"މި އަހަރު އަހަންނަށް ބެލޮންޑިއޯ އެވޯޑް ލިބެންޖެހޭ ކަމަށް ދެކުނު ނޫސްވެރިން އަހަންނަށް ވޯޓު ލީ. ފަހަރުގައި ވެދާނެ އެއީ ރޮނާލްޑޯ އަށް ބެލޮންޑިއޯ ލިބުނު ފަހަރުތަކުގައި އޭނާ އަށް ވޯޓު ދިން ނޫސްވެރިން ކަމަށް ވެސް. އަހަންނަށް ހީވަނީ އޭރު އެ ކަމަށް އޭނަ އެއްބަސްވާނެހެން،" ރޮޑްރީ ބުންޏެވެ.

ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ރޮނާލްޑޯ ބެލޮންޑިއޯ ހޯދާފައިވަނީ، 2008، 2013، 2014، 2016 އަދި 2017 ވަނަ އަހަރު އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ.

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox