ރޮނާލްޑޯ ދެކޭ ގޮތުގައި ބެލޮންޑިއޯ ހައްގީ ވިނީޝިއުސް އަށް

Dec 28, 2024, 3:51 AM
ރޮނާލްޑޯ ދެކޭ ގޮތުގައި ބެލޮންޑިއޯ ހައްގީ ވިނީޝިއުސް އަށް

ދުބާއީ، ޔޫއޭއީ (ޑިސެމްބަރު 28) - ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހައްގީ ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ކަމަށް ރެއާލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ގްލޯބް ސޮކާ އެވޯޑްސްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މި އަހަރުގެ ބެލޮންޑޯ ހައްގީ ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވިނީޝިއުސް އަށް ކަމަށެވެ. ގްލޯބް ސޮކާ އިން ހޮވި މޮޅު ފޯވާޑްގެ އެވޯޑްގެ އިތުރުން ފީފާ ބެސްޓް އެވޯޑްސް ވެސް ހޯދީ ވިނީޝިއުސް އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ (ވިނީޝިއުސް) އަށް ބެލޮންޑޯ އެވޯޑް ހައްގު. މި ފަހަރުގެ އެވޯޑް ފެއާ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އެ މީހުން އެވޯޑް ދިނީ ރޮޑްރީ އަށް. ރޮޑްރީ އަށް ވެސް އެވޯޑް ހައްގު. އެކަމަކު އަހަރެން ގަބޫލުކުރަނީ އެވޯޑް ލިބެން ޖެހެނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ މުބާރާތުގެ ފައިނަލުގައި ގޯލު ޖެހި ވިނީޝިއުސް އަށް" ރޮނާލްޑޯ ބުންޏެވެ.

ވިނީޝިއުސް އަށް ބެލޮންޑިއޯ އެވޯޑް ނުލިބޭކަން އެނގުނު ހިސާބުން ރެއާލްގެ ކުޅުންތެރިންނާ އެ ޓީމުގެ މެނޭޖުމަންޓުން ވަނީ އެ ހަފްލާ ބޮއިކަޓްކޮށްފަ އެވެ.

އެ ފަހުން މި މަހު ދިން ފީފާ ބެސްޓް އެވޯޑް ވިނީޝިއުސް ވަނީ ކާމިޔާބު ކޮށްފަ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން ވިނީޝިއުސް ވަނީ ރޮނާލްޑޯ އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނާކަމަށްވަނީނަމަ އެނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox