ގޯލްޑް ކަޕް: ނައިފަރު ވެސް ބަލިކޮށް އަލިފުށި ދެ ވަނަ ބުރަށް

Nov 28, 2024, 6:50 PM
ގޯލްޑް ކަޕް: ނައިފަރު ވެސް ބަލިކޮށް އަލިފުށި ދެ ވަނަ ބުރަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ 2-0 އިން ޅ. ނައިފަރު ބަލިކުރުމަށް ފަހު، ރ. އަލިފުށިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ތިން ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެއީ، މާލެ ސިޓީ އާއި ބ. އޭދަފުށީގެ އިތުރުން އަލިފުށިންނެވެ. މި ތިން ޓީމުން ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެ، އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު، މި ގްރޫޕުން ފުވައްމުލަކު ސިޓީ ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެެވެ. އެކަމަކު، އެ ޓީމަށް އަދި ދެ ވަނަ ބުރު ޔަގީންކުރަން ޕޮއިންޓް ބޭނުންވެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަލިފުށިން ވަނީ ލީޑުނަގައިފަ އެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނު ހުސާންކޮ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ނައިފަރުން ވެސް ވަނީ ކައުންޓަ އެޓޭކުގައި ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު، އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުގައި ބޯޅަ ފޮނުވާލުން ލަސްކޮށްލުމުގެ ސަބަބުން އެންމެ ރަނގަޅަށް ބޭނުންނުހިފުނެވެ.

ދެ ވަނަ ހާފުގައި އަލިފުށީގެ ދެ ވަނަ ލަނޑު ޖެހީ، އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އާދަމް އިމްރާން (އިންނަ) އެވެ. އަލިފުށި ޓީމުގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) އޭރިއާބޭރުން ފޮނުވާލި ބޯޅަ އިންނަ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، މުބާރާތުގައި ކުޅުނު ދެ މެޗުން އިންނަގެ ތިން ވަނަ ގޯލެވެ.

މި ފަހަރުގެ ގޯލްޑް ކަޕްގައި އެންމެ ވަރުގަދަ ސަޕޯޓެއް ފެންނަ އެއް ޓީމަކީ އަލިފުށްޓެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދި އަލިފުށްޓެވެ. ދެ ވަނައިގައި އޮތް ނައިފަރަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގައި ދެން އޮތް ބ. ކެންދޫ އާއި ކ. މާފުށްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މާދަމާ ހަވީރު އެ ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox