ގޯލްޑް ކަޕް: ކުރެންދޫ ބަލިކޮށް ހުރާ އަށް އުންމީދެއް

Nov 28, 2024, 2:35 PM
ގޯލްޑް ކަޕް: ކުރެންދޫ ބަލިކޮށް ހުރާ އަށް އުންމީދެއް

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި، މިއަދު ހަވީރު ޅ. ކުރެންދޫ އަތުން 1-0 އިން މޮޅުވެ ކ. ހުރާ އިން މުބާރާތުގައި ކުރިއަށްދިއުމަށް އުންމީދެއް ހޯދައިފި އެވެ.

މި ގްރޫޕްގައި ހުރާ ކުޅުނު ފުރަތަަަމަ މެޗުން ވަނީ ކ. ގުރައިދޫ އަތުން ބަލިވެފަ އެވެ. ކުރެންދޫ ފުރަތަމަ މެޗުން އައްޑޫ ސިޓީއާ ވަނީ އެއްވަރުވެފަ އެވެ. މި ގްރޫޕްގައި ރޭ ކުޅުނު މެޗުން، އައްޑޫ ސިޓީ އާއި ގުރައިދޫ ވަނީ އެއްވަރުވެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ހުރާ އިން ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ކުރެންދޫން ވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތު ހޯދައި ގޯލަަށް ނުރައްކާކޮށްފަ އެވެ.

ކުރެންދޫ އަށް މި މެޗުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އަބްދުﷲ ނަބާހު އަހުމަދަށް ރަތް ކާޑު ދެއްކުމެވެ. އެ ގޮތުުން، ނަބާހަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ މެޗުގެ 45 ވަނަ މިނިޓްގަ އެެެވެ.

މި މެޗުގައި ކުރެންދޫ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި، އަޝްހަމް އިބްރާހިމް އަހުމަދު ފޮނުވާލި ބޯޅަ ފޮނުވާލުމުން ހުރާގެ ކީޕަރު، އަހުމަދު އަރީޝް ވަނީ މަތަކޮށްފަ އެެވެ.

ހުރާ އަށް ލީޑުނަަގައިދޭން، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު، އަލީ ހަމްދާން (އައްޔަ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ 74 ވަަނަ މިނިޓްގައި ހުރާ އިން ޖެހި ހަމައެކަނި ލަނޑު ޖެހީ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް އީގަލްސް އަށް ކުޅުނު އަރީން އަބްދުﷲ އިބްރާހިމް އެވެ. މިއީ، ކުރެންދޫގެ ގޯލުގައި ހުރި ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ ކައިރިން ޕެނަލްޓީ އަކުން އަރީން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ، އަރީން އަށް އޭރިއާތެެރެއިން ކުރެންދޫގެ މުހައްމަދު ނަބީހު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި އޮތް ގުރައިދޫ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ހުރާ އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އައްޑޫ ސިޓީ އޮތީ ދެ ޕޮއިންޓާ އެކު އެވެ. އަދި ފުލުގައި އޮތް ކުރެންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox