ގެއަށް ދާން ނޭނގިގެން މަގުމަތީ އުޅުނު ކުޑަ ކުއްޖަކު ފުލުހުން އާއިލާއާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ ހުރީ އިމާރާތެއްގެ ދޮރުމަތީ އިށީނދެލައިގެންނެވެ. ބަލާ ބެލުމަށް އެ ކުއްޖާގެ ހާލު ވެސް ރަނގަޅެވެ.
އެ ކުއްޖާ މަގުމަތިން ފެނުމާ އެކު ފުލުހުން ވަނީ އެ ކުއްޖާ ބެލުމުގެ ދަށަށް ގެނެސް، އާއިލާއާ ގުޅުމަށް މަސައްކަތް ކޮށްފަ އެވެ.












