ކާއްޓޭ، ބޭބެ އަދި ސޮފްވާނަށް އެފްއައިވީބީ ލެވަލް ތިނެއްގެ ކޯޗިން ސެޓްފިކެޓެއް

Nov 28, 2024, 4:10 AM
ކާއްޓޭ، ބޭބެ އަދި ސޮފްވާނަށް އެފްއައިވީބީ ލެވަލް ތިނެއްގެ ކޯޗިން ސެޓްފިކެޓެއް

ދުނިޔޭގެ މައި ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ކޯޗިންގެ މަތީ ފާހެއް ކަމަށްވާ ލެވަލް ތިނެއް ފުރިހަމަކޮށް، ގައުމީ ތިން ވޮލީބޯޅަ ކޯޗުން ކަމަށްވާ މުހައްމަދު ސާޖިދު (ކާއްޓޭ)، އަހުމަދު އަދީލް (ބޭބެ) އަދި ސޮފްވާން އަހުމަދު (ސޮއްޕެ) ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

ތައިލެންޑްގައި ކުރިއަށްދިޔަ މި ކޯހަށް، މި ތިން ކޯޗުން އެންޑޯޒްކުރީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންނެވެ. ވީއޭއެމް އިން ބުނީ، ތިން ކޯޗުން މި ހާސިލްކުރީ ވަރަށް ހާއްސަ ކަމެއް ކަމަށާއި އެ ކޯޗުންގެ ތަޖުރިބާއާ އެކު، ރާއްޖޭގެ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓަށް ގިނަގުނަ ގޮތްގޮތުން ފައިދާތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވޮލީބޯޅައިގެ ކޯޗުންގެ ތެރެއިން، އެފްއައިވީބީ ލެވަލް އެކެއް އަދި ދޭއްގެ އިތުރުން ތިނެއް ފުރިހަމަކޮށްފައިވާ ކޯޗުން ރާއްޖޭގެ ވޮލީގައި އަންނަނީ ޑިވެލޮމްޕަންޓުގައި އަމިއްލަ ހައިސިއްޔަތުން ވެސް މުހިންމު މަސައްކަތަކެއް ކުރަމުންނެވެ.

ލެވަލް ތިނެއްގައި، ކޯޗުން ތިއަރީ ޓެސްޓްގެ ކަންކަން ފުރިހަމަކުރުމަށް ފަހު، އެސައިމަންޓެއް ހަދައި، އަމިއްލަ އަށް ޕްރެޒެންޓޭޝަނެއް ވެސް ދޭން ޖެހޭނެ އެވެ. އަދި މި ކަންކަން އެންމެ ފުރިހަމަ އަށް އެފްއައިވީބީން މި ކޯހަށް ކަނޑައަޅާ އިންސްޓްރަކްޓަރު އިވެލުއޭޓް ކުރާނެ އެވެ.

މި ފަހަރު ކޯޗިން ލެވަލް ތިނެއް ފުރިހަަމަކުރަމުން އަންނަ ކާއްޓޭ އަކީ ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އެވެ. ކާއްޓޭ ވަނީ މީގެ ކުރިން، ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗުކަން އެކި ފަހަރު މަތިން ކޮށްފަ އެވެ. މީގެ އިތުރުން، ވީއޭއެމްގެ ޓެކްނިކަލް އެކިއެކި މަަސައްކަތްތަކެއް ކުރުމުގެ ޒިންމާ ވެސް އަދާކޮށްފައިވާ ކާއްޓޭ އަކީ އަމިއްލަ ހައިސިއްޔަތުން ވޮލީބޯޅަ ޑިވެލޮޕްމަންޓަށް ރަށްރަށުގައި ކޭމްޕް ހިންގައި، ގިނަ ކުޅުންތެރިންތަކެއް ގައުމީ ލެވަލަށް ވެސް ނެރެފައިވާ ފަރާތެކެވެ.

އަންހެން ވޮލީ ޓީމުތަކުގެ ކޯޗިން އިން ފެންނަ، ބޭބެ އަކީ ގައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗަށް އެންމެ ފަހުން މަސައްކަތް ކުރެއްވި ފަރާތެކެވެ. އަދި މީގެ ކުރިން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުކަން ވެސްކޮށް، ރާއްޖެ އަށް މެޑަލް ހޯދައިދޭން ވެސް އެހީތެރިވެފައިވާ ބޭބެ ވަނީ މީގެ ކުރިން ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކޮށްފަ އެވެ.

މި ކޯހުގައި ބައިވެރިވެ ނިންމާލުމަށް ފަހު، ބޭބެ، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މި ފަހަރު އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި، ދުނިޔޭގެ ލެވަލްގައި ވެސް ފާހަގަކުރެވޭ އެމެރިކާގެ ޖޯން ކެސަލްގެ ފަރާތުން އުނގެނުމަށް ލިބުނު މި ފުރުސަތުގެ ސަބަބުން، ބޭބެ، ވޮލީ ކޯޗިން ކެރިއަރަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗަކަށް މި ވަގުތު ހުރި ސޮފްވާން މި ފަހުން ފާހަގަކުރެވުނީ، ޒުވާން އަންހެން ކުޅުންތެރިން ގޮވައިގެން ކާމިޔާބު މަސައްކަތްތަކެއްކޮށްފައިވާ ކޯޗެއްގެ ގޮތުގަ އެވެ. މި ވަގުތު ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗަކަށް ހުރުމުގެ ކުރިން، ސޮފްވާން ވަނީ ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox