ގޯލްޑް ކަޕް: ފަރެސްމާތޮޑާ ބަލިކޮށް ކުޑަހުވަދޫ އަށް ފުރަތަަމަ މޮޅު

Nov 26, 2024, 2:57 PM
ގޯލްޑް ކަޕް: ފަރެސްމާތޮޑާ ބަލިކޮށް ކުޑަހުވަދޫ އަށް ފުރަތަަމަ މޮޅު

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގދ. ފަރެސްމާތޮޑާ 3-0 އިން ބަލިކޮށް، ދ. ކުޑަހުވަދޫން މި ފަަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުން ކުޑަހުވަދޫ ވަނީ ފުވައްމުލަށް ސިޓީ އަތުން 3-1 އިން ބަލިވެފަ އެވެ. ފަރެސްމާތޮޑާ ފުރަތަމަ މެޗުގައި ދ. މީދޫ އަތުން ބަލިވީ 4-1 އިންނެވެ. މި ގްރޫޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން، ފުވައްމުލަކުން ވަނީ 7-3 އިން ހއ. ދިއްދޫ ބަލިކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ކުޑަހުވަދޫގެ އަހުމަދު ރިލްވާން (ބެން) އާއި ޑިފެންޑަރު، މުހައްމަދު ސައިފް ހުރީ ފުރަތަމަ މެޗުގައި ދެއްކި ރަތް ކާޑާ އެކު ސަސްޕެންޝަންގަ އެވެ.

ފުރަތަމަ ހާފުގައި ކުޑަހުވަދޫ އިން އެޓޭކް ކުރި ނަމަވެސް، ފަރެސްމާތޮޑާ ގޯލަށް ބޯޅައެއް ވައްދާނުލެވުނެވެ. އަނެއްކޮޅުން ފަރެސްމާތޮޑާ އިން ވެސް ވަނީ ކުރިއަށް ޖެހި ކުޅެން މަސައްކަތްކޮށްފަ އެވެ.

މެޗުގައި ކުޑަހުވަދޫން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، ދެ ވަނަ ހާފުގެ ފުރަތަަމަ މިނިޓްގައި، ކުޑަހުވަދޫގެ މުހައްމަދު ޒިހާން ހުސެއިން ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފަރެސްމާތޮޑާ ކުޅުންތެރިން އަތުން ބައިކޮޅަށެވެ.

އޭގެ 10 ވަރަކަށް، މިނިޓް ފަހުން ޒިހާން ވަނީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން ކުޑަހުވަދޫގެ ލީޑުފުޅާކޮށްދީފަ އެެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޒިހާން ޖެހި ބޯޅަ ގޯލަށް ވަނީ ފަރެސްމާތޮޑާ ގޯލްކީޕަރު، އިބްރާހިމް ޝަމްހާން އަތުގައި ޖެހިފަ އެވެ.

ކުޑަހުވަދޫގެ ތިން ވަނަ ލަނޑު ވެސް ޖެހި ޒިހާން އެވެ. މެޗުގެ 63 ވަަަނަ މިނިޓްގައި ޒިހާން އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަނީ ވެސް ކީޕަރު ޝަމްހާން އަތުގައި ޖެހިފަ އެވެ.

މިއީ، 2017 ވަަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ވެސް ކުޅުނު ކުޑަހުވަދޫން ހަތް ވަރަކަށް އަހަރު ތެރޭ ގަލޮޅު ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox