ގާނޫނުއަސާސީ ބަދަލު ކުރަން ނެގި ވޯޓަށްފަހު ސިޔާސީ މަގާމުތައް ދިނުމަކީ އިއްތިފާގެއް: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި : އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކުރަން ނެގި ވޯޓަށްފަހު ސިޔާސީ މަގާމުތައް ދިނުމަކީ އިއްތިފާގެއް ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި : އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކުރަން ނެގި ވޯޓަށްފަހު ސިޔާސީ މަގާމުތައް ދިނުމަކީ އިއްތިފާގެއް ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

އަވަސް އަރުވާލައިގެން ދެތިން ގަޑިއިރުތެރޭގައި ގާނޫނުއަސާސީ ބަދަލު ކުރަން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ފަހު ސިޔާސީ މަގާމުތަކަކަށް ބަޔަކު އައްޔަން ކުރުމަކީ އިއްތިފާގެއް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ވޯޓަށް ފަހު ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކެއް ސަރުކާރުން "ބަހާފައިވާ" ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރުނެވެ. އެ މީހުންނަށް މަރުހަބާ ކިޔާފައިވާ ޕޯސްޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

މި ސިޔާސީ ވަޒީފާތަކާއި ބުދަ ދުވަހުގެ ވޯޓާ ގުޅުމެއް އޮތް ކަމަށް ފެތުރޭ އަޑުތަކާ ގުޅިގެން ނޫސްވެރިޔަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އަސާސީ ބަދަލު ކުރަން ވޯޓު ދިނީ މަޖިލީހުގެ މެންބަރުން ކަމަށާއި އެހެން ކަމުން ވޯޓާ ގުޅިގެން އިތުރު ބަޔަކަށް ސިޔާސީ މަގާމެއް ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ސަރުކާރެއް ހިނގަމުންދާއިރު ސަރުކާރުގެ މަގާމުތަކަށް ބޭނުންވާ ބޭފުޅުން އައްޔަންކުރުމާ ވަކިކުރުމާ އެއީ ހަމަ އާންމު އުސޫލުގެ ދަށުން ހިނގަމުންދާނެ ކަންތައްތައް. އިއްތިފާގަކުން ދިމާވެފަ އޮވެދާނެ ތި ވިދާޅުވި ގޮތަށް މިދިޔަ ހަފުތާ ތެރޭގަ ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލުގެނައުން. ނޫނިއްޔާމު އިތުރު ބޭފުޅަކަށް މަގާމެއް ދެއްވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ބަޔަކަށް މަގާމު ދީފައި ނުވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ވޯޓަށްފަހު އެންމެ ފާހަގަވީ ތިނަދޫ ސިޓީގެ އެކި އިދާރާތަކުގެ ސިޔާސީ މަގާމުތަކެވެ. އެގޮތުން، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖެއްސި ހަސަން ރީހާން ރަޝީދު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސި އައްޔާޝް އަބްދުއް ސަމަދު އަށް މަގާމު ދީފައިވަނީ ބުދަ ދުވަހުގެ ވޯޓަށްފަހު އެވެ.

އަނެއްކާވެސް އަލަށް ސިޔާސީ މުވައްޒަފުންތަކެއް އައްޔަންކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު އަދިވެސް ހާމައެއް ނުކުރެ އެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް އެމަނިކުފާނު އޮކްޓޯބަރު 15، ގައި އިއުލާން ކުރެއްވި އެވެ.

އޭގެ ފަހުން ނޮވެމްބަރު 1، ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، އޮކްޓޯބަރު 31، ގެ ނިޔަލަށް 248 މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެއް އަދި ވަކި ކުރި ސިޔާސީ މުވައްޒަފުންގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox