ގާނޫނުއަސާސީ ބަދަލު ކުރަން ނެގި ވޯޓުގެ ފަހުން ސިޔާސީ ވަޒީފާތަކެއް ދީފި

ގާނޫނުއަސާސީ ބަދަލު ކުރަން ނެގި ވޯޓުގެ ފަހުން ސިޔާސީ ވަޒީފާތަކެއް ދީފި

ގާނޫނުއަސާސީ ބަދަލު ކުރަން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ފަހު ސިޔާސީ ވަޒީފާތަކެއް ތިނަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ޒުވާނުންތަކަކަށް ދީފި އެވެ.

"އަދަދު" އަށް މިހާތަނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ތިނަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ތިން ޒުވާނަކަށް ވަޒީފާ ދީފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖެއްސި ހަސަން ރީހާން ރަޝީދު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސި އައްޔާޝް އަބްދުއް ސަމަދު އެވެ.

އަދި ރަސާން ރަޝީދުއަށް ވެސް ސިޔާސީ މަގާމެއް ދިންކަން އެނގިފައިވީ ނަމަވެސް، އޭނާއަށް ދިނީ ކޮން މަގާމެއްކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ރަސާން އާއި އައްޔާޝްއަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދުއާ އާއިލީގޮތުން ގުޅުން އޮންނަ ދެ މީހުންނެވެ.

މަގާމުތަކަށް އައްޔަނުކޮށްފައިވާ ތިން މީހުންގެ ފޮޓޯ ފޭސްބުކަށް އަލްސަން ލުމާ އެކު، ގިނަ ބަޔަކު އަންނަނީ އެ ތިން މީހުންނަށް ވެސް މަރުހަބާ ކިޔަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު އަދިވެސް ހާމައެއް ނުކުރެ އެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް އެމަނިކުފާނު އޮކްޓޯބަރު 15، ގައި އިއުލާން ކުރެއްވި އެވެ.

އޭގެ ފަހުން ނޮވެމްބަރު 1، ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، އޮކްޓޯބަރު 31، ގެ ނިޔަލަށް 248 މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެއް އަދި ވަކި ކުރި ސިޔާސީ މުވައްޒަފުންގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އަންނައިރު، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން 2،280 ސިޔާސީ ވަޒީފާ އުފެއްދި ކަމާއި، ދައުލަތުގެ ބަޖެޓުން މަހަކު އެ މުވައްޒަފުންނަށް 40 މިލިއަން ރުފިޔާ ހަރަދު ކުރާކަން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox