ހައުސިން މިނިސްޓްރީން ބުނީ އާރްޓީއައި އަޑުއެހުމަށް ނުދެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް

Nov 22, 2024, 1:18 PM
ހައުސިން މިނިސްޓަރު އަލީ ހައިދަރު: މިނިސްޓްރީން ބުނީ އިހުމާލުވި މުވައްޒަފަށް ފިޔަވަޅު އަޅާފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން މިނިސްޓަރު އަލީ ހައިދަރު: މިނިސްޓްރީން ބުނީ އިހުމާލުވި މުވައްޒަފަށް ފިޔަވަޅު އަޅާފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވަން ތާވަލު ކުރި އަޑުއެހުމަކަށް އެ އޮފީހުން ހާޒިރުނުވެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޮންލައިންކޮށް ބާއްވަން މަސައްކަތް ކުރި އެ އަޑުއެހުމަށް ހާޒިރުނުވެގެން ހައުސިން މިނިސްޓްރީ ވަނީ 350ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ކޮމިޝަނުން އަޑުއެހުމެއް ބާއްވަންޖެހެނީ ހޯދަން ހުށަހެޅި މައުލޫމާތަކީ ދޭންޖެހޭ މައުލޫމާތެއް ނޫން ކަމަށް ފެންނަ ހާލަތްތަކުގަ އެވެ.

"މި މިނިސްޓްރީ ޖޫރިމަނާ ކުރި ކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމާއި އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަން،" ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Advertisement

ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ބުރާސްފަތި ދުވަހެވެ. އެ އޮފީހުން ބުނީ ޖޫރިމަނާ ކުރަންޖެހުނީ އެއްވެސް އެއްޗެއް އެންގުމަކައި ނުލައި އަޑުއެހުމަށް ހާޒިރުނުވުމުން ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ -/350 ރުފިޔާއިން ޖޫރިމަނާކުރެވިފައި،" އައިކޮމްގެ އިން ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ މި ސަރުކާރަކީ ހާމަކަންބޮޑުކޮށް ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީގެން ހިންގާ ސަރުކާރެއް ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނިތާ ހަފުތާއެއް ވެސް ނުވަނީހެނެވެ.

މިދިޔަ އަންގާރަ ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅާ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.

"ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުން. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބެއް ނުދޭ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައެޅުމުން ވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް. އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން އެހެން ބުނި ނަމަވެސް، އާރްޓީއައިތަކަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުން ނުދޭތީ އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox