"ބަލިކަށި" މީހުން މަގާމުތަކުގައި ތިބުން ދީނީ ގޮތުން ހުއްދައެއް ނޫން

"ބަލިކަށި" މީހުން މަގާމުތަކުގައި ތިބުން ދީނީ ގޮތުން ހުއްދައެއް ނޫން

ތުންތުން މަތިން ކިޔޭ ވާހަކައެއްގައި އޮވެއެވެ. އެއްފަހަރަކު ރަސްކަލެއްގެ ދަރުބާރުގައި ރަސްގެފާނު ވަޑައިގެން ނޫޅުއްވާ ގަޑިއެއްގައި މޮޔައަކު އެ ދަރުބާރަށް ވަނެވެ. ތަހުތުގެ ގޮނޑި ހުސްކޮށް ހުއްޓައި ފެނިފައި މޮޔަކަލޭގެ ގޮސް ތަހުތުގައި އިށީނދެއްޖެ އެވެ. އަދި ރަސްގެފާނު ތަހުތުގައި އިންނަވައިގެން ދަރުބާރު ހިންގެވުމުގައި އަމަލުކުރައްވާ އުސޫލުން މީނާ ތަހުތުގައި އިނދެ އަމަލުކުރަން ފަށައި އަމުރުމައުރޫފު ހިންގަން ފަށައިފި އެވެ.

މި މަންޒަރު ފެނިފައި ދަރުބާރުގެ އަމަން ބަލަހައްޓާ އޮފިސަރުން އޭނާއަކީ މޮޔައެއްވީމާ އިރުކޮޅަކަށް އޭނާއާމެދު އަޅާ ނުލައި ދޫކޮށްލައިގެން ތިބީ އެވެ. ވަގުތުކޮޅެއް ހިނގިއިރުވެސް މީނާ ތަހުތުގައި އިށީން ގޮތަށް ރަސްގެފާނު ފަދައިން ދަރުބާރުކޮށް އަމުރު ހިންގުމުގައި އުޅެނީ އެވެ. އެންމެ ފަހުން ދަރުބާރު އޮފިސަރުން އޭނާ އެތަހުތުން ބާލައިފި އެވެ. ބޭލީ އެކަންޏެއް ނޫނެވެ. އޭނާގެ އެ އަމަލުތަކުގެ ސަބަބުން އެމީހުން ރުޅި އައިސްފައި ތިބި ވަރުން އަތުންނާއި ފައިން އޭނާގެ އެތަން މިތަނުގައި ތަޅައި އަނިޔާވެސް ކުރީއެވެ. ނުގޮވާކަށް ހަޑިހުތުރު އެއްޗެއްވެސް ނެތެވެ.

ކޮންމެއަކަސް ރަސްގެފާނު ދަރުބާރަށް ވަޑައިގެންނެވިއިރު، މޮޔަކަލޭގެ އިނީ އެއްކަނަކަށް ޖެހިގެން ރޯންށެވެ. މި މަންޒަރު ފެނިވަޑައިގެން ރަސްގެފާނު ސުވާލުކުރެއްވިއެވެ. ވީގޮތަކީ ކޮބާ ހެއްޔެވެ؟ ދަރުބާރުގެ އޮފިސަރުން ރަސްގެފާނަށް ވީގޮތް ސާފުކޮށްދިނުމުން، ރަސްގެފާނު މޮޔަކަލޭގެ ގާތަށް ޖެހިވަޑައިގެން ސުވާލުކުރެއްވި އެވެ. ރޮނީ ކޮން ކަމަކާ ހެއްޔެވެ؟ މޮޔަ މީހާ ޖަވާބުދިނެވެ. އަހަރެން މިރޮނީ އަހަރެންނަށްޓަކައެއް ނޫނެވެ. ރަސްގެފާނާމެދު ފިކުރު ބޮޑުވެގެން ރޮވެނީ އެވެ.

Advertisement

ރަސްގެފާނު ސުވާލުކުރި އެވެ. ތިމަން ރަސްގެފާނާމެދު ތިބާ ފިކުރު ބޮޑުވާން ޖެހުނީ ކޮން ކަމަކާ ހެއްޔެވެ؟ މޮޔަކަލޭގެ ދެންނެވި އެވެ. ރަސްގެފާނެވެ. ނިކަން ވިސްނާވަޑައިގަންނަވާށެވެ. ރަސްގެފާނު އަބަދާ އަބަދު ތިޔަ އިންނަވާ ގޮނޑިކޮޅުގައި އަހަރެން އިނދެލީ ވަގުތުކޮޅަކަށެވެ. އެކަމަށްޓަކައި އަހަރެންނަށް މިކޮށްލި ވަރު ނިކަން ރަސްގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ވީއިރު މަނިކުފާނު އެގޮނޑިކޮޅުގައި އަހަރުތަކެއް އިންނަވާފައި ވަކިވެވަޑައިގަތުމުން މި މީހުން އަދި ކިހާ ވަރެއް އަރުވާލާނެތޯ އެވެ.

އިސްވެ އެދިޔައީ މޮޔައެއްގެ ނަސޭހަތެވެ. އެކަމަކު ވިސްނާފިކުރުކުރާ ބަޔަކަށް އިބުރަތްތެރި ދަރުސްތަކެއް މި ވާހަކައިން ވެސް ލިއްބައިދެ އެވެ. ކަންބޮޑުވާންޖެހޭ ކަމަކީ، ގޮނޑީގެ އަހުލުވެރިއަކަށް ވެވުމަށްފަހު އެޔަކީ ޒިންމާއަކާއި މަސްއޫލިއްޔަތެއްކަން ހަނދާން ނެތޭކަމެވެ.

އަލްމުއުމިނޫން ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." އެހެންވީމާ އަޅުގަނޑު ހިތުން ހަނދާންކޮށްދިނުމުގެ ޒިންމާ އުފުލުމަށް މިފުރުސަތުގެ ބޭނުންހިފުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ތިބީ ﷲއަށް އީމާންވެގެން ތިބި މުއުމިނުންކަމަށްވާ ހިނދު، ހަނދާންކޮށްދިނުމަކީ އެ މީހުންނަށް ފައިދާވާނެކަމެއްގެ ގޮތުގައި ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 55 ވަނަ އާޔަތުގައި އަންގަވާފައިވާތީއެވެ.

މިސާލެއްގެ ގޮތުން ދެބަސްނުވެވޭނެ ފަދަ ހަގީގަތެއް އަޅުގަނޑު ދަންނަވާނަމެވެ. މިދެ ދުވަހަކު މިހިނގާދިޔަ ހާދިސާއެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ މިހާރު މަސްތަކެއް ފާއިތުވެގެންގޮސްފި އެވެ. އެކަން އެގޮތަށް ހުށަހެޅުނީ ކީއްވެކަން ނޭނގޭ ރައްޔިތަކު ނެތެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިޒުރޭލުގެ އަނިޔާވެރިން ކުރަމުންގެންދާ އަނިޔާވެރިކަމުގެ ތަފުސީލަކަށް ބޭނުންވޭތޯއެވެ؟ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އިއްޔެއެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮންނަތާ އަހަރެއް ވަނީއެވެ. އެކަން ލަސްވެގެންދާތީ އަވަސްކޮށްދިނުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު އެ މަޖިލީހަށް އެކަން އަވަސްކޮށްދިނުމަށް ގަރާރެއް ހުށަހަޅުއްވާފައިވަނިކޮށް، އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލީ މިހުސްވި ހަފުތާގައެވެ. ހައިރާންވާންޖެހޭ ކަމަކީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ހުށަހަޅުއްވައިގެން އުޅެނީ މަޖިލީހުގައި މެޖޯރިޓީ އޮތް ޕާޓީންނެވެ. އެ ހުށަހެޅުމަށް ގޮތެއް ނުނިންމާ އޮވެ ލަސްވެ މަޖިލީހުގައި އެކަން ތާށިވެފައި އޮތުމުން، އެކަން އަވަސްކޮށްދެއްވާތޯ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުމިކޮށްލީ ހަމަ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީންނެވެ.

އެކަން މަޖިލީހަށް ހުށަހެޅިފައި އޮންނަތާ އެތައް ޒަމާނެއް ފަހުން އެކަން އަވަސްކޮށްދިނުން އެދިގެން ހުށަހެޅުނު ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށްފަހު، މާސިންގާ ބަދަލެއް ގާނޫނުއަސާސީއަށް ގެންނަން މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އަމަލުކުރަން މިފެށީ ހަމަ އެންމެ ހައެއްކަ ގަޑިއިރުގެ ތެރޭގައެވެ. މިކަމުގައި ދެން ދަންނަވާނެ އިތުރު ވާހަކައެއް އެބައޮތްތޯއެވެ؟ އަޅުގަނޑު ދަންނަވަން އޮތީ ހަމަ އެންމެ ވާހަކައެކެވެ.

މާތް ސަހާބީ އަބޫޒައްރުގެފާނު މާތް ނަބިއްޔާއަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއްވެސް ތަނެއްގެ ވެރިއެއްގެ ގޮތުގައި ކަލޭގެފާނު ތިމަން ބޭނުންނުކުރައްވާނުތޯ އެވެ؟ އެހިނދު އަބޫޒައްރުގެފާނުގެ ދެކޮނޑުފުޅުގައި ޖައްސަވާލައްވައި މާތް ނަބިއްޔާ ހަދީސްކުރެއްވިކަމަށް އަބޫޒައްރުގެފާނު ރިވާކުރައްވައެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ބަލިކަށި މީހެކެވެ. އަދި ހަމަކަށަވަރުން އެއީ އަމާނާތެކެވެ. އަދި އެއީ ޤިޔާމަތް ދުވަހުން ނިކަމެތިކަމަކާއި ހިތާމައެކެވެ. އެކަން އޭގެ ހައްގުވެގެންވާ ގޮތުގައި ބަލައިގަނެ އެކަމުގެ ޒިންމާއަދާކޮށްފި ހާލަތެއްގައި މެނުވީއެވެ.

ގޮނޑީގެ އަހުލުވެރިންނަށް ހަނދާންކޮށްދެމެވެ. ވެރިކަމާއި މެންބަރުކަމަކީ އަމާނާތަކެވެ. އެކަމާ ހަވާލުވާން ޖެހޭނީ އެކަމުގައި ހުރި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެނގޭ އަދި އެމަސްއޫލިއްޔަތުތައް އަދާކުރެވޭނެވަރުގެ ގާބިލުކަން ހުރެގެންނެވެ. ތައުލީމީ ގާބިލުކަމެވެ. ވިސްނުންތެރިކަމުގެ ގާބިލުކަމެވެ. ހިކުމަތްތެރިކަމުގެ ގާބިލުކަމެވެ. ކެރުންތެރިކަމެވެ. އަދި ބާރުވެރި އަނެއް ފަރާތާ ދެކޮޅަށް ހިޔާލުފާޅުކޮށް ނިންމުންތައް ނިންމާ ބަސް ބުނެވޭވަރުގެ ފުދުންތެރިކަމާއި މިނިވަންކަމާއި ގަޓުހުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރައްވާނަމަ އެއިން ދައްކުވައިދެނީ އެމަޖިލީހުގެ މެންބަރުންގެ ހުރި ބަލިކަށިކަމެވެ. އަބޫޒައްރުގެފާނަށް މާތް ނަބިއްޔާ އިހުތިރާމުނުކުރައްވަނީކީ ނޫނެވެ. އެކަމަކު އަބޫޒައްރުގެފާނު އެދިވަޑައިގަތްކަމުގެ ގޮތުން ކަންއޮތްގޮތް ބަޔާންކުރައްވާ ދީނުގައި އޮތްގޮތް ބަޔާންކުރެއްވުމަށް މާތް ނަބިއްޔާ ފަސްޖެހިވަޑައެއް ނުގަންނަވައެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން ލަސްވެ އަދި އެކަން އަވަސްކޮށްދިނުމަށް އެދި ހުށަހެޅުނު ގަރާރު ވެރިކަންކުރާ ޕާޓީގެ މެޖޯރިޓީން ބޭރުކުރުމަށްފަހު، ހަތަރު އަހަރު ދުވަހުގެ މަސައްކަތުން ދިވެހި ރައްޔިތުން އެކުލަވާލި ޤާނޫނުއަސާސީއެއްގެ މުހިންމު މާއްދާތަކެއް، ހާއްސަކޮށް މެންބަރުންގެ ފުރިހަމަ މިނިވަންކަން ސިޔާސީ ޕާޓީތަކަށް ދޫކޮށްލާގޮތަށް އަސާސީއަށް ގެނައި ބަދަލު އެންމެ ހައެއްކަ ގަޑިއިރު ތެރޭގައި ފާސްކުރި ގޮތުން މިނޫން ހަމަ އެހެން އެއްވެސް މާނައެއް ދޭހައެއް ނުކުރެވެއެވެ. އަދުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެޖޯރިޓީގައި އެތިބީ މަގާމެއް އަދާކުރެވޭވަރަށްވުރެ ބަލިކަށި ބައެކެވެ. އެބޭފުޅުންގެ ޒިންމާއަދާކުރުމުގެ ހިތްވަރެއް ނެތެވެ. އެ ކެރުމާއި ގާބިލުކަމެއް ނެތެވެ. އަޅުގަނޑު އެބޭފުޅުންނަށް ހަނދާކޮށްދޭނީ އަބޫޒައްރަށް މާތް ނަބިއްޔާ ދެއްވި ނަސޭހަތެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ބަލިކަށި މީހެކެވެ. އަދި ހަމަކަށަވަރުން އެއީ އަމާނާތެކެވެ. އަދި އެއީ ޤިޔާމަތްދުވަހުން ނިކަމެތިކަމަކާއި ހިތާމައެކެވެ. އެކަން އޭގެ ހައްގުވެގެންވާ ގޮތުގައި ބަލައިގަނެ އެކަމުގެ ޒިންމާއަދާކޮށްފި ހާލަތެއްގައި މެނުވީއެވެ. މަގާމު އަދާކުރެވޭވަރަށްވުރެ "ބަލިކަށި" މީހުން މަގާމުތަކުގައި ތިބުން ދީނީ ގޮތުން ހުއްދައެއް ނޫނެވެ. މަގާމުން އިސްތިއުނާފާދިނުން ވާޖިބުވާނެވެސްމެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox