241 ކޮމިޓީގެ ވިސްނުން ހުރީ އިޒްރޭލު ސަރުކާރުގެ އިސްވެރިންނާއި އަސްކަރީ މީހުންގެ ޕާސްޕޯޓު މަނާ ކުރުމަށް

241 ކޮމިޓީގެ ވިސްނުން ހުރީ އިޒްރޭލު ސަރުކާރުގެ އިސްވެރިންނާއި އަސްކަރީ މީހުންގެ ޕާސްޕޯޓު މަނާ ކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމީޓީ) ގެ ވިސްނުން ހުރީ އިޒްރޭލުގެ ހުރިހާ ރައްޔިތުންގެ ޕާސްޕޯޓު މަނާ ކުރުމުގެ ބަދަލުގައި، އިޒްރޭލު ސަރުކާރު އަދި އަސްކަރިއްޔާގައި ތިބި ޕާސްޕޯޓު ހޯލްޑަރުން ރާއްޖެ އައުން މަނާ ކުރުމަށް ކަން ހާމަކޮށްފި އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވީ ކިތައް މީހުންނާއި ޑުއަލް ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނާއި އަދި ބޭނުންވާ އެހެން ހުރިހާ ތަފާސްހިސާބެއް ހޯދުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ ހުށަހަޅުއްވާފަ އެވެ.

"ފްލޯގައި މީގެކުރިން ދެކެވުނު ވާހަކަތަކަށް ބަލާއިރު އަދި މި ކޮމިޓީގައި ބައެއް ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެންނަކަށް ބުރައެއް ނުވެވޭ ބްލޭންކެޓް ބޭންއެއް އިޒްރޭލު ޕާސްޕޯޓުގައި ވިތީ އިމްޕޯސް ކުރާކަށް. ސަބަބަކީ އެއީ އިޒްރޭލު ޕާސްޕޯޓު އޮންނަ އަރަބިން ވެސް މުސްލިމުން ވެސް އުޅޭތީ. ހަމައެއާ އެއްކޮށް ވާހަކަ ދެކެވިފައި އޮތީ މިގޮތަށް އދ. އިން ވެސް ސެންކްޝަންސް އިމްޕޯސް ކުރާއިރު މި ކުރަނީ މިލިޓަރީ އެންޓިޓީސްގައި އުޅޭ ފަރާތްތަކަށާއި, ހަމައެއާ އެއްކޮށް އިންސާނީ ހައްގުތައް ވަޔަލޭޓް ކުރުމުގެ ކަންތައްތަކުގައި އުޅޭ މީހުން," ނާޒިމް ވިދާޅުވި އެވެ.

ވާހަކަ ކުރިއަށްގެންދަވަމުން ނާޒިމް ވަނީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން އެ ގައުމުގެ ސަރުކާރަށް ނިސްބަތްވާ ނޫނީ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަކީ ވެސް ނިންމިދާނެ ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ބޭނުންވާ އިދާރާތަކުން ލިޔުމުން ޖަވާބު ހޯދުމަށް އެއް ހަފްތާގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ލިޔުމުން ޖަވާބު ހޯދުމަށް ފަހު ކޮމިޓީއަށް ހާޒިރުކޮށްގެން މައުލޫމާތު ހޯދަން ބޭނުންވާ އިދާރާތަކުން އެ މައުލޫމާތުތައް ހޯދަން ވަނީ ނިންމާފަ އެވެ.

241 ކޮމިޓީން ބައްދަލުކުރަން ބޭނުންވާ އިދާރާތަކުގެ ލިސްޓު

  • ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ).
  • އަދާލަތު ޕާޓީޖުމްހޫރީ ޕާޓީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް).
  • މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ).
  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ).
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ).
  • މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ).
  • ދަ ޑިމޮކްރެޓްސް.
  • ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް).
  • އެޓާނީ ޖެނެރަލް އޮފީސް، އިކޮނޮމިކް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން. މަޓީ އަދި މަދަނީ ޖަމިއްޔާތައް.

އެ އިދާރާތަކަށް މިއަދު ސިޓީ ފޮނުވައި ލިޔުމުން ޖަވާބު ހޯދުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންގެ ޕާސްޕޯޓު މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ބިލު ހުށަހެޅީ ގަލޮޅު ދެނުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު އެވެ.

އެ މައްސަލަ އިބްތިދާއީ ބަހުސްއަށް ފަހު ބަލައިގަތުމަށް ނިންމައި ކޮމިޓީއަށް ފޮނުވާފައި ވަނީ ޖޫން 10، ގައެވެ. އެއަށްފަހު އެ މައްސަލަ ކޮމިޓީގައި ތާށިވެފައި އޮތުމަށްފަހު މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އެވެ.

ބިލުގެ މައްސަލަ ކުރިއަށް ނުގޮސް ކޮމިޓީގައި ތާށިވެފައި އޮތުމުން ސަރުކާރުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ ޕީއެންސީއަށް ވެސް އަންނަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން އިއްޔެ އެ މައްސަލަ އަވަސް ކުރުމަށް ހުށަހެޅި ގަގާރު ވެސް މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox