އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރަން ގޮވާލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ގަރާރު ފާސްކުރުމާ ގުޅޭގޮތުން ނެގުނު ވޯޓުގެ ނަތީޖާ އިއުލާނު ކުރި ވަގުތު: އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވާލިތާ ފަަސް ދުވަސް ވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަރާރު ފާސްކުރުމާ ގުޅޭގޮތުން ނެގުނު ވޯޓުގެ ނަތީޖާ އިއުލާނު ކުރި ވަގުތު: އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވާލިތާ ފަަސް ދުވަސް ވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް، އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން މަޖިލީހުގެ 63 މެންބަރުން ވޯޓު ދެއްވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރާ ދެކޮޅުކަން އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވިދާޅުވި އެވެ.

އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވެދާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަށައިގެން ތިބި ގައުމުތަކުން ނުކުރާ ކަމެއް ރާއްޖެއިން ކުރާއިރު ވިސްނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ފަލަސްތީނުގެ ރައްޔިތުންނާ ދީނީ ގޮތުން އެއްބަނޑުއެއްބަފާ ބައެއް، އެހެން ނަމަވެސް ފަލަސްތީނުގެ ވަށައިގެން އެތިބަ އަރަބީންނަކީ އާއިލީ ގޮތުން ވެސް ދަރިފަސްކޮޅުގެ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް އެއްބަނޑުއެއްބަފާ ބައެއް، އެހެންކަމުން އަޅުގަނޑުމެންނަށް ވުރެ މާމުއްސަނދި، މާ ފުދުންތެރި އަދި ފަލަސްތީނު ރައްޔިތުންނާ އެހައި ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު، އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ،" ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއޮތީ އެހެން އެއްވެސް ގައުމަކާ ޖެހިގަނެގެން އަދި އެހެން އެއްވެސް ރައްޔިތަކާ ޖެހިގަނެގެން އުޅެވޭ ފަދަ ހާލަތެއްގައެއް ނޫން، އަޅުގަނޑުމެންގެ ހާލަތީ ހުރިހާ ކަމަކަށް ވެސް ހުރިހާ ގޮތަކަށް ވެސް ބަލައިގެން ފިޔަވަޅު އަޅަންޖެހޭ ހާލަތެއް އިއްޒަތްތެރި ރައީސް،"

އޭގެ އިތުރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ވާހަކަދައްކާއިރު، އެ ގައުމުގައި މުސްލިމުން ވެސް އުޅޭ ކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން އެމީހުންގެ ހައްގު ގެއްލިގެން ނުވާނެ ކަމަށް ވެސް ޕީއެންސީ މެންބަރުން ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށާއި ދުނިޔޭގެ އެއް ގައުމު އަނެއް ގައުމާ އޮތީ ގުޅިލާމެހިފައި ކަމަށެވެ. އަދި އިޒްރޭލާ މެދު ފިޔަވަޅެއް އަޅައިފި ނަމަ، އެ ގައުމާ ގުޅުންހުރި އެހެން ގައުމުތަކުން ރާއްޖެއާ މެދު ފިޔަވަޅެއް އަޅައިފާނެ ކަމަށް ވެސް ވިސްނަން ޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން މިދިޔަ ޖޫން ގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ނިންމީ ޖޫން 10 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox