ޖެނުއަރީ 24 ގައި ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަނީ

Nov 20, 2024, 5:35 AM
ޖެނުއަރީ 24 ގައި ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ޖެނުއަރީ މަހު 24 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ޑްރާފްޓް ސީޒަން ކަލަންޑަރެއް ހަދައި، ކްލަބްތަކުގެ ހިޔާލު ހޯދަން ފޮނުވައިފި އެވެ.

މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާގޮތަށް ވެސް ޑްރާފްޓް ޝެޑިއުލެއް އެފްއޭއެމް އިން ހެދި އެވެ. އެ ފަހަރު، ކްލަބްތަކުން އެދުނީ، ސީޒަން ފެށުން ޖޫން މަހަށް ފަސްކުރާށެވެ. އެހެން ނަމަވެސް، މިހާތަނަށް ސީޒަން އޮތީ ނުފެށި އެވެ. ރާއްޖޭގެ ފުރަތަަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ އިއްޔެ އަށް 11 މަސް ދުވަސް ވަނީ ވެފަ އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ޖެނުއަރީ 24 ވަނަ ދުވަހު ކުޅޭނީ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް ފަށާނީ ޖެނުއަރީ 29 ގަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގު ފަށަން ޝެޑިއުލްކޮށްފައިވަނީ، ފެބްރުއަރީ 25 ވަނަ ދުވަހު އެެެވެ.

ފީފާ އިން އެފްއޭއެމް ހިންގުން ހަވާލުކޮށްފައިވާ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ވަގުތު ހާލަތު ހުރި ގޮތުން ކަންކަން ފެށުމުގައި ދަތިތަކެއް އެބަހުރި ކަމަށެެވެ.

އެފްއޭއެމުން މިދިޔަ އަހަރުތަކުގައި ކްލަބްތަކަށް ދޭން އެއްބަސްވާ ފައިސާ ނުދޭ މައްސަލަ އަހަރުން އަހަރަށް އަންނަނީ ބޮޑުވަމުންނެވެ. މި ވަގުތަށް ބަލާއިރު ކޮންމެ ޓީމަކަށް ވެސް ދޭން ޖެހޭ ފައިސާ ދެ މިލިއަނަށް ވުރެ އިތުރުކަމަށް އެނގިފައިވެ އެވެ. އެހެންވެ، ކްލަބްތަކުން ބޭނުންވަނީ މި ފައިސާގެ ކަންކަމަށް ގޮތެއް ހަމަޖެހިގެން ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެއީ، ބައެއް ކްލަބްތަކަށް ފީފާ އިން ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފިޔަވަޅު އަޅައިފަ އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި ޑްރާފްޓް ކަލަންޑަރުގައިވާ މުހިންމު ތާރީހުތައް

(ޖެނުއަރީ 24) ސީޒަން ހުޅުވާ މެޗު

(ޖެނުއަރީ 29) ޕްރެޒިޑެންޓްސް ކަޕް

(ފެބްރުއަރީ 25) ދިވެހި ޕްރިމިއާ ލީގު

(ޖޫން 12) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

(ޖޫން 20) އެފްއޭ ކަޕް

(ޖުލައި 6) ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

(ސެޕްޓެމްބަރު 10) ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ގައުމީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ އަހަރެއް

ކަލަންޑަރުގައި އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ފަށާނެ އެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ގައުމެއް އިއުލާނުކޮށްފައިނުވި ނަމަވެސް، ޖޫން/ޖުލައި އަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ރާއްޖޭން ވަނީ ސެޕްޓެމްބަރު މަހުގެ ތެރެއަށް އިންވިޓޭޝަނަލް މުބާރާތެއް ވެސް ހިމަނައިފަ އެވެ.

ސާފް ކްލަބް ޗެމްޕިއަންޝިޕް ބާއްވަން ވާހަކަ ދައްކައި، މަޝްވަރާ ކުރަން ފެށިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މި އަހަރު ވެސް ވަނީ އެ މުބާރާތް ބޭއްވޭތޯ ޝެޑިއުލްކޮށްފަ އެވެ. އެއީ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅޭ ގޮތަށެވެ.

އުމުރުފުރާ ގައުމީ ޓީމުތަކަށް ހުރި މެޗުތަކަށް ބަލާއިރު، ފެބްރުއަރީ މަހު ސާފް 20 އަހަރުން ދަށުގެ އަންހެން މުބާރާތް ތާވަލުކޮށްފައިވާއިރު، މާޗް މަހު ސާފް 17 އަހަރުން ދަށުގެ މުބާރާތް ކުޅެން ވަނީ ހިމަނައިފަ އެވެ. ސާފް 23 އަހަރުން ދަށުގެ އަންހެން މުބާރާތް ވެސް ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، ސާފް 19 އަހަރުން ދަށުގެ ފިިރިހެން މުބާރާތް ޝެޑިއުލްކޮށްފައި އޮތީ ނޮވެމްބަރު މަހަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox