އިސްތިއުފާ ދެއްވަން އުޅުއްވަނިކޮށް އެޑްވައިޒަރު ހަލީލު އިކޮނޮމިކް ކައުންސިލަށް

ޓޫރިޒަމް އެޑްވައިޒަރު ހަލީލް: އޭނާގެ ކުންފުނިން ވަނީ ޑޮލަރު މާރުކުރާ ގަވާއިދު އުވާލަން ގޮވާލާފައި -- ފޮޓޯ: އަދަދު

ޓޫރިޒަމް އެޑްވައިޒަރު ހަލީލް: އޭނާގެ ކުންފުނިން ވަނީ ޑޮލަރު މާރުކުރާ ގަވާއިދު އުވާލަން ގޮވާލާފައި -- ފޮޓޯ: އަދަދު

ޓޫރިސްޓު ފެލިސިޓީތަކުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކުރާ މައްސަލައިގައި އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އިސްތިއުފާ ދެއްވުމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މިއަދުއިކޮނިމިކް ކައުންސިލަށް އޭނާ އައްޔަނު ކޮށްފި އެވެ.

ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޕަލްސް ކުންފުނިން އެމްއެމްއޭ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޑޮލަރު މާރުކުރެވެން ނެތް ކަމަށާއި މިއީ އިންޑަސްޓްރީގެ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ކުންފުނިން ހިންގާ ރިސޯޓުތަކަކީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ކަނޑައެޅުމުގައި މަޝްވަރާ ކުރިއަށް ގެންދާ އިކޮނޮމިކް ކައުންސިލް އަށް ރައީސް މުއިއްޒު މިއަދު ހަލީލު އައްޔަން ކުރެއްވީ މަޖުބޫރުން ޑޮލަރު މާރުކުރުމުގެ ގަވާއިދާމެދު ރިސޯޓު ދާއިރާގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅޭ ގޮތުން އެޑްވައިޒަރު ހަލީލުގެ ބަހެއް ނުލިބެ އެވެ.

ޑޮލަރު މާރުކުރެވެން ނެތް ކަމަށް ބުނެ ގިނަ އަދަދެއްގެ ކުންފުނިތަކުން އެމްއެމްއާއި ކަމާ ގުޅޭ ސަރުކާރުގެ އޮފީސްތަކަށް ސިޓީ ފޮނުވި ނަމަވެސް، މިހާތަނަށް އެކަމަށް އިޖާބައެއް ނުދެ އެވެ.

ސަރުކާރުން ބޭނުން ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.

މި ގަވާއިދުގެ ދަށުން ޖެނުއަރީ 1، 2025 ފެށިގެން ރިސޯޓާއި ގެސްޓު ހައުސް އަދި ޓޫރިސްޓު އުޅަނދުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ވާނެ އެވެ.

އިކޮނޮމިކް ކައުންސިލްގައި އެޑްވައިޒަރު ހަލީލާއެކު ޖުމުލަ 14 މެންބަރުން ތިއްބަވާނެ އެވެ.

ކައުންސިލްގެ އެހެން މެންބަރުން

  1. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  2. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  3. ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝާހިދު
  4. ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
  5. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  6. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  7. ކައުންސިލް މިނިސްޓަރު އާދަމް ޝަރީފު
  8. އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ
  9. ޓްރާންސްޕޯޓު މިިސްޓަރު މުހައްމަދު އަމީން
  10. އެންވަޔަރަމެންޓު މިިނިސްޓަރު ތޯރިގު އިބްރާހިމް
  11. އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް
  12. ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ
  13. ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް
  14. ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox