ކްރޫސް، ރެއާލަށް ހިދުމަތެއް ކޮށްދޭން ލިބޭ ފުރުސަތެއް ދޫކޮށްނުލާނެ

Nov 17, 2024, 9:05 AM
ކްރޫސް، ރެއާލަށް ހިދުމަތެއް ކޮށްދޭން ލިބޭ ފުރުސަތެއް ދޫކޮށްނުލާނެ

މިއުނިކް (ނޮވެމްބަރު 17) - ރެއާލް މެޑްރިޑަށް ހިދުމަތެއް ކޮށްދޭން ފުރުސަތެއް ލިބިއްޖެނަމަ ދޫކޮށްނުލާނެ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ތަރި، ޓޯނީ ކްރޫސް ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރި ކްރޫސް، 34، ރެއާލާ އެކު، މިދިޔަ ސީޒަން ނިންމާލީ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްގެންނެވެ.

މި ސީޒަނުގައި ރެއާލްގެ ނަތީޖާތައް އެންމެ އެކަށޭނެ ގޮތަށް އެއް ފެންވަރެއްގައި ކުރިއަށްނުދާތީ، އެއީ ކްރޫސްގެ ނެތްތަން ފޫނުބެއްދިގެން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން ކްރޫސް ވަނީ ކުޅުމުގެ ކެރިއަރު ނިމިފައިވާ ކަމަށާއި އެކަމަކު، ރެއާލަށް ހިދުމަތެއް ކޮށްދޭން ލިބޭ ފުރުސަތެއްގެ ބޭނުންހިފާނެ ކަމަށް ބުނެފަ އެވެ.

"މުސްތަގުބަލުގައި ރެއާލަށް ހިދުމަތެއްކޮށްދޭން، ކޮންމެ ސިފައެއްގައި ލިބުނަސް އަހަރެން ބޭނުންހިފާނަން. އެއީ، ރެއާލަށް އަހަރެންގެ ހިތުގައި އަބަދުވެސް އޮންނާނީ ލޯތްބާއި އިހުތިރާމް. ރެއާލްގެ ނަން އަހަންނަށް އަބަދުވެސް ހާއްސަވާނެ. ރެއާލް ހިމާޔަތްކުރުމާއި ރެއާލަށް ސަޕޯޓް ދިނުން، އެއީ އަބަދުވެސް އަހަރެން ކުރާނެ ކަންކަން،" 10 އަހަރު ރެއާލްގައި ހޭދަކުރި ކްރޫސް ބުންޏެވެ.

ރެއާލަށް 2014 ވަނަ އަހަރު ބަދަލުވި، ކްރޫސް އެ ކްލަބްގައި ހޭދަކުރި 10 އަހަރު ތެރޭ 465 މެޗު ކުޅެ، 23 ތަށި ހޯދި އެވެ. އެ މުއްދަތުގައި ކްރޫސް ޖެހީ 28 ގޯލެވެ. މިދިޔަ ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރެއާލް މޮޅުވި ޗެމްޕިއަންސް ލީގުގެ ފައިނަލަކީ، ރެއާލާ އެކު ކްރޫސް މޮޅުވި 300 ވަނަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox