ގްލޯބަލް ހޭންޑް ވޮޝިން ޑޭ ގެ ހަރަކާތްތައް މިއަދު އަހުމަދިއްޔާގައި ފަށައިފި

ގްލޯބަލް ހޭންޑް ވޮޝިން ޑޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ގްލޯބަލް ހޭންޑް ވޮޝިން ޑޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ބެސްޓް ބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް) ގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހޭންޑް ވޮޝިން ކެމްޕޭނުގެ ދަށުން މި އަހަރުގެ ދެވަނަ ހަރަކާތް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ފަށައިފި އެވެ.

އެ ސްކޫލުގެ ގްރޭޑް އެކެއް، ދޭއް، ތިނެއް އަދި ހަތަރެއްގެ ދަރިވަރުން ހިމެނޭގޮތަށް ސްކޫލް ހޯލުގައި ކުރިއަށް ގެންދާ ހަރަކާތުގައި ފެނާއި ސައިބޯނި ބޭނުންކޮށްގެން އަތް ސާފުކުރުމުގެ ހަތް މަރުހަލާ ދަސްކޮށްދިނުމާއި އެގޮތަށް އަތްދޮވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހަރަކާތް ކުރިއަށްދާނީ މޯލްޑިވްސް އެމްއާރުސީގެ ވޮލަންޓިއަރުންގެ އެހީތެރިކަމާއެކުއެވެ.

ހަރަކާތުގައި ދަރިވަރުންގެ ބައިވެރިވުން އިތުރަށް ޝައުގުވެރިކުރުވުމަށް ތަފާތު ތިން ކުޅިވަރަކާއި އަދި ދުވަހާއި ގުޅޭ ގޮތުން ދަރިވަރުންގެ މައުލޫމާތު ދިނުމަށް ކުރެހުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެވެ.

އަދި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނަށް ލައިފްބޯއީގެ ހަދިޔާ އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގްލޯބަލް ހޭންޑް ވޮޝިން ޑޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ގްލޯބަލް ހޭންޑް ވޮޝިން ޑޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ގްލޯބަލް ހޭންޑް ވޮޝިން ޑޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15، އަކީ ގްލޯބަލް ހޭންޑް ވޮޝިން ޑޭ ގެގޮތުގައި ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ބީބީއެމްގެ ފަރާތުން މި އަހަރުގެ ހަރަކާތްތަށް ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށްވާއިރު، އިތުރު ސްކޫލުތަކުގައި މި މަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

"މި ހަރަކާތް ސްކޫލުތަކުގައި ކުރިއަށްގެންދިއުމުގެ ފުރުސަތުހުޅުވާލާ އަޅުގަނޑުމެންވާނީ ސްކޫލުތަކަށް ދައުވަތުއަރުވާފައި. އަދި މިކަމަކީ މިފަދަ މުހިންމު މަގްސަދެއް އަދި މުނާސަބަތަކާއި ގުޅޭ ކަމަކަށްވާއިރު މިއަށްވުރެން ވެސް ފުޅާކޮށް މިކަމުގައި ގިނަ ސްކޫލުތަކާއި ދަރިވަރުންގެ ބައިވެރިވުން ހިމެނޭނެގޮތަކަށް ކުރިއަށް އޮތް އަހަރު މިކަން ކުރުމަށް އަޅުގަނޑުމެން އެދެން،" ބެސްޓްބައި އިން ބުންޏެވެ.

ގްލޯބަލް ހޭންޑް ވޮޝިން ޑޭއާ ގުޅިގެން ލައިފްބޯއީގެ ފަރާތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އެ ހަރަކާތުގެ މަގްސަދަކީ ފެނާއި ސައިބޯނި ބޭނުންކޮށްގެން އަތްދޮވުމުގެ މުހިންމުކަން މުޖުތަމައުގެ ކުޑަކުދިންނަށް އުނގަންނައިދިނުމެވެ.

މިގޮތުން ރާއްޖޭގައި މިހަރަކާތް ކުރިއަށް ގެންދަނީ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

އެ ހަރަކާތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 7771741 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox