ގޯލްޑް ކަޕް: އޭދަފުށި، ތިމަރަފުށި އަދި މާލެ ސިޓީ އެއް ގްރޫޕަކަށް

Nov 17, 2024, 6:19 AM
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި 2016 ވަނަ އަހަރު ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި 2016 ވަނަ އަހަރު ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ ބުދަ ދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ފަށާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މާލެ ސިޓީ، ބ. އޭދަފުށި އަދި ތ. ތިމަރަފުށި އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޖުމްލަ އެކު، 22 ޓީމު މި ފަަހަރު ބައިވެރިވާން ނަން ހުށަހެޅި ނަމަވެސް، ފަސް ޓީމެއް ނަން ނެގުމުން ރޭ ގުރުއަތުލުން ބާއްވާފައިވަނީ 17 ޓީމެއްގެ މެދުގަ އެވެ.

އެ ގޮތުން، އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވަނީ، ގްރޫޕް ބީ އަށެވެ. އެއީ، މާލެ ސިޓީ، ބ. އޭދަފުށި، ތ. ތިމަރަފުށި އަދި ބ. ތުޅާދޫ ހިމެނޭ ގްރޫޕަށެވެ. ތިމަރަފުށްޓާއި އޭދަފުށިން ވަނީ، އެފްއޭއެމް އިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފަ އެވެ.

ގްރޫޕް ސްޓޭޖަށް ބަލާއިރު، ގްރޫޕް އޭގައި ހިމެނެނީ، ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ދ. މީދޫ އަދި ހއ. ދިއްދޫ އެވެ. ގްރޫޕް ސީގައި ހިމެނެނީ، އައްޑޫ ސިޓީ، ޅ. ކުރެންދޫ، ކ. ހުރާ، އަދި ކ. ގުރައިދޫ އެވެ. ގްރޫޕް ތިނެއްގައި ހިމެނެނީ، ޅ. ކުރެންދޫ، ކ. މާފުށި، ބ. ކެންދޫ އަދި ރ. އަލިފުށި އެވެ.

ބައިވެރިވުމަށް ފަހު، މުބާރާތުން ވަކިވީ، ޅ. ހިންނަވަރު، ފ. ނިލަންދޫ، އއ. ތޮއްޑޫ، ހދ. ނޭކުރެންދޫ އަދި ގއ. ދެއްވަދޫ އެވެ.

މުބާާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު، ގްރޫޕް ސްޓޭޖަށް ދެ ބުރުގައި ކުޅޭނެ އެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގެ ފުރަތަަމަ ބުރުގައި، ފަސް ޓީމު ހިމެނޭ އޭ ގްރޫޕުން ކަޓާނީ ދެ ޓީމެކެވެ. ދެން މި އޮތް ހަތަރު ޓީމު ހިމެނޭ، ތިން ގްރޫޕުން ކަޓާނީ އެންމެ ފުލަށްދާ ޓީމު އެކަންޏެވެ. އެހެންކަމުން، ގްރޫޕް ސްޓޭޖުގެ ފުރަަަތަމަ ބުރުގައި ފަސް ޓީމެއް ކަޓާނެ އެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ ބުރުގައި ހިމެނޭ 12 ޓީމު ބެހޭނީ، ތިން ޓީމުގެ ގްރޫޕް ގޮތަށް ހަތަރު ގްރޫޕަކަށެވެ. އެއީ، ކުއާޓާ ފައިނަލަށް ކޮންމެ ގްރޫޕަކުން ދެ ޓީމު ދަތުރުކުރާ ގޮތަށެވެ.

ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ހުރިހާ މެޗެއް ޓީވީއެމް އިން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox