ޑިސެމްބަރު 7، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭހުގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސޮނީން ބުނީ މަސް ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަންގެ ފުރުސަތު ނޮވެމްބަރު 21، ގެ ނިޔަލަށް ހުޅުވިފައި ހުންނާނެ ކަމަށާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ޓީމަކުން 1،500ރ. ދައްކަން ޖެހޭ ކަމަށެވެ.
މަސް ރޭހުގައި ޖުމްލަ 15 ޓީމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޓީމެއްގައި ފަސް މީހުންނާއި 10 މީހުންނަށް ބައިވެރިވެވޭނެ އެވެ.
ސޮނީން ބުނީ މަސް ރޭހާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9560726 ނަންބަރަށް ގުޅުމަށެވެ.
މަސް ރޭހުގެ ޕްރައިޒް ޕޫލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 78،000ރ. އެވެ. އެއީ އެއްވަނައަށް 25،000ރ.، ދެވަނައަށް 15،000ރ. އަދި ތިންވަނައަށް 10،000ރ. އެވެ.
އޭގެއިތުރުން މަސް ރޭހުގެ އެންމެ މޮޅު މަސްވެރިޔަކަށް ހޮވޭ މީހަކަށް 5،000ރ. ގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.









