ސޮނީ ފިޝިން ކަނޑުފޯރި މުބާރާތުގެ އެއްވަނައަށް ޓީމް ބަނޫން

މުބާރާތުގެ ޓީމް ކެޓެގަރީން އެއްވަނަ ހޯދި، ޓީމް ބަނޫން -- ފޮޓޯ: ސޮނީ ފިޝިން

މުބާރާތުގެ ޓީމް ކެޓެގަރީން އެއްވަނަ ހޯދި، ޓީމް ބަނޫން -- ފޮޓޯ: ސޮނީ ފިޝިން

ސޮނީ ކަނޑުފޯރީގެ ފުރަތަމަ ފިޒިކަލް މުބާރާތުގެ އެއްވަނަ ޓީމް ބަނޫން އިން ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ފެށި އެ މުބާރާތުގެ ޓީމް ކެޓެގަރީގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވި އެވެ. އަދި، ސޯލޯ ކެޓެގަރީގައި ރާއްޖޭގެ އެކި ކަންކޮޅުން ވާޗުއަލްކޮށް ގިނަ ބަޔަކު ބައިވެރިވި އެވެ.

މުބާރާތުގެ ޓީމް ކެޓެގަރީން އެއްވަނަ ހޯދައި ޓީމް ބަނޫން އިން 15،000ރ. ގެ ފައިސާގެ އިނާމާއި 10،000ރ. ގެ ގިފްޓު ވައުޗަރު ހޯދިއިރު، ދެވަނައަށް ދިޔަ ކެޕްޓަން ބޯޓް މެންބާސްއަށް 10،000ރ. ގެ ފައިސާގެ އިނާމާއި 8000ރ. ގެ އަގުހުރި ގިފްޓު ވައުޗަރު ލިބުނެވެ. އަދި، ތިންވަނައަށް ދިޔަ ޓްރައިޓަންއަށް 5000ރ. ގެ ފައިސާގެ އިނާމާއި 5000ރ. ގެ ގިފްޓު ވައުޗަރު ލިބުނެވެ.

ކަނޑުފޯރި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސޮނީ ފިޝިން
ކަނޑުފޯރި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސޮނީ ފިޝިން

ކަނޑުފޯރި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސޮނީ ފިޝިން

މަސްވެރިކަމުގެ ތަޖުރިބާކާރު، މ. ކުޑަފަރި، އާދަމް ނަސީމް ޝަރަފުވެރިކޮށްދިން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުގެ އެންމެ މޮޅު މަސްވެރިޔާގެ މަގާމު ހޯދި ރިއްފަތަށާއި ނަޑޭއަށް ވެސް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ކަނޑުފޯރިއަކީ ވާޗުއަލްކޮށް، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. ކަނޑުފޯރީގެ ތަފާތު އެކި މުބާރާތްތައް މިއަހަރު ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކަނޑުފޯރީގެ ކުރިއަށް ހުރި މުބާރާތްތަކާ ބެހޭ މައުލޫމާތު ސޮނީ ފިޝިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox