ފުލެޓު ލިސްޓު މިއަދު އިއުލާނު ނުކުރާނެކަން މިނިސްޓަރު ހައިދަރު ހާމަކޮށްފި

ހައުސިން މިނިސްޓަރު އަލީ ހައިދަރު: ފްލެޓު ލިސްޓު އިއުލާންކުރަން އެކި ތާރީހުތައް ދީފައިވޭ -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު އަލީ ހައިދަރު: ފްލެޓު ލިސްޓު އިއުލާންކުރަން އެކި ތާރީހުތައް ދީފައިވޭ -- ފޮޓޯ: އަދަދު ފައިލް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު މިއަދު ވެސް އާންމު ނުކުރާނެކަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާމަކުރައްވައިފި އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމްގައި ބައިވެރިވުމަށް ދިމަވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ފުލެޓު ލިސްޓު އިއުލާނު ކުރާނެތޯ "އަދަދު" އިން ސުވާލު ކުރުމުން ހައިދަރު ވިދާޅުވީ، މިނިސްޓަރީން ނިންމާފައި އޮތީ މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރަން ކަމަށެވެ.

"މި ހަފުތާގެ ނިޔަލަށް އަޅުގަނޑުމެން އިއުލާނު ކުރަން ނިންމާފައި އޮތީ އިނގޭތޯ؟" ހައިދަރު ވިދާޅުވި އެވެ.

އެއީ ކޮން ދުވަހެއް ތޯ ސުވާކު ކުރުމުން، ޖަވާބެއް ދިނުމުގެ ބަދަލުގައި ހައިދަރު ސުވާލު ކުރެއްވީ ހަފުތާ ފެށެނީ ކޮން ދުވަހަކުތޯ އެވެ. އެއަށްފަހު ވިދާޅުވީ ހަފުތާ ފެށޭ ދުވަހުގެ އެއް ދުވަސް ކުރިން ފުލެޓު ލިސްޓު އިއުލާނު ކުރައްވާނެ ކަމަށެވެ.

"ހަފުތާ ނިމޭ ދުވަސް،.. ހަފުތާ ފެށެނީ ކޮން ދުވަހަކުތޯ؟ އާދެ އެހެންވީމާ އަދިވެސް ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން ހަފުތާ ފެށޭ ދުވަހުގެ ކުރީ ދުވަހު އިނގޭތޯ؟" ހައިދަރު ވިދާޅުވި އެވެ.

ރީއިވެލުއޭޓު ކުރުމަށް ފަހު ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިިިން މިނިސްޓަރީން މީގެ ކުރިން ބުނީ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގަ އެވެ. ނަމަވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ މި ހަފުތާއަށް ފަސް ކުރީ އެވެ.

ހައުސިން މިނިސްޓަރީން އޮކްޓޫބަރު 28 ގައި ނެރުނު ބަޔާނުގައި ބުނެފައި އޮތީ މި ހަފުތާ ނިމުމުގެ ކުރިން ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ މިއަދު ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށެވެ.

ނަމަވެސް ހައިދަރު މިއަދު ވިދާޅުވި ގޮތުން، ފުލެޓު ލިސްޓު އާންމު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރޭ، ނޮވެމްބަރު 17 ގެ އެއް ދުވަސް ކުރިންނެވެ. އެއީ އަންނަ ހޮނިހިރު ދުވަހެވެ.

މިދިޔަ ޖުލައި 29، ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން އިންޑިއާގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެ ގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސަރުކާރާ އެ ތަންތަން ހަވާލުކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

އޭގެ ފަހުން އޭސީސީން ހިންގި ތަހުގީގަށް ފަހު މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފެބްރުއަރީ 5، ގައި އެ ކޮމިޝަނުން އިއުލާނުކުރި އެވެ.

އޭސީސީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް 19.7 ޕަސެންޓު ފޯމުގެ މައްސަލަ ހުރި ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް ކަމަށާއި އެއީ ޖުމުލަ ފޯމުތަކުގެ 70 ޕަސެންޓު ކަމަށް އޭސީސީން އެ ދުވަހު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox