އަހުނާ އަށް ހުއްޓުމެއް ނެތް، 200 މީޓަރު ރޭސް ވެސް ކާމިޔާބުކޮށްފި

20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފައިނަލް ހީޓުގެ ތެރެއިން އަހުނާ - ފޮޓޯ: ނައުސަމް ވަހީދު / އިމޭޖަސް.އެމްވީ

20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފައިނަލް ހީޓުގެ ތެރެއިން އަހުނާ - ފޮޓޯ: ނައުސަމް ވަހީދު / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ އަންހެން 200 މީޓަރު ރޭސް ވެސް ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރް ކާމިޔާބު ކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ ވާދަވެރި އެއް ކެޓަގަރީ އަކީ 20 އަހަރުން ދަށުގެ ދުވުމުގެ ކެޓަގަރީތަކެވެ. މީގެ ކުރިން މި މުބާރާތުގައި އަހުނާ ވަނީ 100 މީޓަރު ދުވުމުގެ ވެސް ރަން މެޑަލް ހޯދައިފަ އެވެ.

އިއްޔެ ކުރިއަށްދިޔަ އަންހެން 200 މީޓަރު ދުވުމުގެ ރަން މެޑަލް އަހުނާ ހޯދީ 25.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަހުނާއާ އެންމެ ގާތުން، ދެ ވަނައިގައި ނިންމި ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުހައްމަދު ރޭސް ނިންމީ 27.45 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ރޭސް ނިންމި އައްޑޫ ހައި ސްކޫލްގެ އާމިނަތު ޒަފާ ޒައިން ރޭސް ނިންމީ 28.55 ސިކުންތުންނެވެ.

މީގެ އިތުރުން އިއްޔެ ވަނީ 20 އަހަރުން ދަށުގެ ފިރިހެން 200 މީޓަރު ދުވުމުގެ ވެސް ފައިނަލް ހީޓުތައް ކުރިއަށް ގޮސްފަ އެވެ. ފިރިހެން ކެޓަގަރީގެ ރަން މެޑަލް ހޯދީ އައްޑޫ ހައި ސްކޫލްގެ އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. އޭނާގެ ޓައިމިން އަކީ 22.70 އެވެ. ދެ ވަނަ އަށް ދިޔަ އައިސަކް ޔައުބް ހަސަން ރޭސް ނިންމީ 23.57 . ސިކުންތުންނެވެ. އަދި ތިން ވަނަ އަށްދިޔަ ޖަލާލުއްދީން ސްކޫލްގެ އަހުމަދު ސައްމާހް އަލީ ރޭސް ނިންމީ 24.31 ސިކުންތުނެނެވެ.

މި ފަހަރުގެ މުބާރާތުގައި ކާމިޔާބު އެތުލީޓުންނަށް ބަލާއިރު، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހްނަފު ރައްޔާން ވަނީ ވާދަކުރި އިވެންޓްތަކުން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 17 އަހަރުން ދަށުގެ ބައިން 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުުރުން، ލޯންގް ޖަމްޕް އެވެ. މީގެ ތެރެއިން، 200 މީޓަރު ރޭސް، ރައްޔާން ކާމިޔާބުކުރީ، މީޓް ރެކޯޑަކާ އެކު އެވެ. އެ ގޮތުން، 200 މީޓަރު ރޭހުގައި ރައްޔާންގެ ޓައިމިން އަކީ، 23:12 ސިކުންތެވެ. ކުރިން ރެކޯޑް ހެދި ނާހިލް ނިޒާރުގެ ޓައިިމިން އަކީ، 23:25 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox