އަހުނާ ހުއްޓުވޭ ވަރެއް ނުވި! ނާހިލްގެ ވިދުން ފަނޑުކޮށްލީ ނަޖުދާން!

May 17, 2023, 3:16 AM
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ފައިނަލު ހީޓުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ފައިނަލު ހީޓުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ފޯރިގަދަ އެއް އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ނާހިލް ނިޒާރު ފަހަތަށް ޖައްސާލައި، ސީއެޗްއެސްއީގެ އަހުމަދު ނަޖުދާން އަބްދުﷲ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެކި އުމުރުފުރާތަކުގެ 100 މީޓަރު ދުވުމުގެ ހީޓުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެނުނު 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރު ދުވުމުން ނަޖުދާން އެއް ވަނަ ހޯދީ މީޓް ރެކޯޑަކާ ވެސް އެކުގަ އެވެ. އެ ގޮތުން އޭނާ ވަނީ 2002 ވަނަ އަހަރު ހަދާފައި އޮތް ސްކޫލް މުބާރާތުގެ ރެކޯޑު 11.19 ސިކުންތުން ދުވެެގެން މުގުރާލައިފަ އެވެ. އެ ގޮތުން، 2002 ވަނަ އަހަރު މި ރެކޯޑު ދެ ދުވުންތެރިއަކު ހެދި އެވެ. އެއީ މަދަރުސަތުލް އަމީރު އަހުމަދުގެ މުހައްމަދު ނައުޝާދު އާއި ގަލޮޅު މަދަރުސާގެ އަބްދުﷲ ސުހެއިލް އެވެ. ދެ ދުވުންތެރިންގެ ވެސް ޓައިމިން އަކީ 11.30 ސިކުންތެވެ.

ވިހި އަހަރުން ދަށުގެ 100 މީޓަރު ދުވުމުން ނާހިލް ދެ ވަނަ ހޯދީ 11.34 ސިކުންތިން ނިންމައިގެންނެވެ. ތިން ވަނަ ހޯދީ 11.74 ސިކުންތުން ރޭސް ނިންމި ގައުމީ ޔުނިވާސިޓީގެ ހުސައިން ހުސާން ހާލިދު އެވެ.

އެ ގޮތުން، 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އަންހެން ބައިގެ ސްކޫލު ރެކޯޑު އާކޮށް ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުހައްމަދު ވަނީ އެއް ވަނަ ހޯދާފަ އެވެ. މިދިޔަ އަހަރުގެ ސްކޫލް މުބާރާތުގައި 12.99 ސިކުންތުން ދުވެގެން ލަޔާނާ ހެދި ރެކޯޑު އޭނާ މި އަހަރު މުގުރާލީ 12.85 ސިކުންތުން ދުވެގެންނެވެ. ލަޔާނާގެ ފަހަތުން މި ހީޓުން ދެ ވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒު އެވެ. ތިން ވަނަ ހޯދީ ވިލާ ކޮލެޖުގެ އާމިނަތު ނުހާ ޒިޔާދު އެވެ.

ސަތާރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އަންހެން ބައިގެ ފައިނަލް ހީޓު އަހުނާ ނިޒާރު ކާމިޔާބުކުރީ އިންޓަ ސްކޫލް މުބާރާތުގެ ރެކޯޑު ޓައިމިންއެއް ކަމަށްވާ 12.72 ސިކުންތުންނެވެ. އަހުނާ 12.80 އިން ދުވެ 2010 ވަނަ އަހަރު އަމީނިއްޔާ ސްކޫލްގެ އަފާ އިސްމާއިލް ހަދާފައިވާ ރެކޯޑު އަހުނާ ފުރަތަމަ މުގުރާލީ މި އަހަރުގެ މުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ހީޓުގަ އެވެ. އެ ފަހަރު އޭނާ ރެކޯޑު މުގުރާލީ 12.73 ސިކުންތުންނެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި ދުވެ އަހުނާ ރެކޯޑު ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި ދުވެ އަހުނާ ރެކޯޑު ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި ދުވެ އަހުނާ ރެކޯޑު ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން

އަހުނާގެ ފަހަތުން 100 މީޓަރު ދުވުމުން ދެ ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އުލްޔާ ނަސީމް އެވެ. ތިން ވަނަ ހޯދީ އަފީފުއްދީން ސްކޫލްގެ އައިޝަތު ހަނާން ހުސައިން އެވެ.

ސަތާރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިސްއާގު ޔުއާބު ހަސަން އެވެ. ދެ ވަނަ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު ހޯދިއިރު، ތިން ވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ އަހުމަދު ކައިން ގަޔާޝް އެވެ.

ފަނަރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އަންހެން ބައިގެ އެއް ވަނަ ހޯދީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ރައިން މުހައްމަދު އެވެ. ދެ ވަނަ އިސްކަންދަރު ސްކޫލްގެ މަރިޔަމް މައިހާ އާދަމް ހޯދިއިރު، ތިން ވަނަ ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ނީމް އަހުމަދު ސަލީމް އެވެ.

މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގެ އެއް ވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ މުހައްމަދު އިލާން އިމްރާން އެވެ. ދެ ވަނަ ޖަމާލުއްދީން ސްކޫލްގެ ކައިލް އަހުމަދު ޝިނާޒު ހޯދިއިރު، ތިން ވަނަ ހޯދީ ކަލާފާނު ސްކޫލްގެ ޔަސީން މުހައްމަދު ޔާމީން އެވެ.

މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ އެކި އިވެންޓްތަކަށް ބަލާއިރު އިއްޔެ އެކަނި ވަނީ 10 މީޓް ރެކޯޑެއް ހަދައިފަ އެވެ. އެ ގޮތުން 2012 ވަނަ އަހަރު 41.78 މީޓަރަށް ޖެވްލިން އުކައިގެން ދ. އަތޮޅު މަދަރުސާގެ އިސްމާއިލް ޒާހިރު ހަދާފައިވާ ރެކޯޑު އިއްޔެ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މާހިލް މުހައްމަދު ލުތުފީ ވަނީ މުގުރާލައިފަ އެވެ. މާހިލް ރެކޯޑު ހެދީ 42.50 މީޓަރަށް ޖެވްލިން އެއްލައިގެންނެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ  20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވްލިން އުކުމުގެ ރެކޯޑު މާހިލް ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވްލިން އުކުމުގެ ރެކޯޑު މާހިލް ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވްލިން އުކުމުގެ ރެކޯޑު މާހިލް ހަދަނީ - ފޮޓޯ: މުހައްމަދު ޝާބިން

އިއްޔެ ހެނދުނު ހެދި މީޓް ރެކޯޑުތަކަށް ބަލާއިރު، 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ހައިޖަމްޕްގެ ރެކޯޑު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ މަންޔާ މެހެތާ ވަނީ މުގުރާލައިފަ އެވެ. އެއީ، 1.36 މީޓަރަށް ފުންމައިގެންނެވެ. މި އިވެންޓުގެ ރެކޯޑު ކުރިން އޮތީ މިދިޔަ އަހަރު މީޓަރު އުހަށް ފުންމައިގެން ޖަލާލުއްދީން ސްކޫލްގެ އާމިނަތު ސާޖިޔާގެ އަތުގަ އެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓްޕުޓް ރެކޯޑު ރެހެންދި ސްކޫލްގެ އާމިނަތު އީޝަލް މުސާ ހެދިއިރު، އެ އުމުރުފުރާގެ އަންހެން ޑިސްކަސް އުކުމުގެ ސްކޫލް ރެކޯޑު ހެދީ އަމީނިއްޔާ ސްކޫލްގެ ފާތިމަތު ފާރިހާ ފަޔާޒު އެވެ.

ތޭރަ އަހަރުން ދަށަށް ބަލާއިރު ފިރިހެން ކުދިންގެ ލޯންގް ޖަމްޕް ރެކޯޑު 2.16 މީޓަރަށް ފުންމައިގެން މިލަންދޫ ސްކޫލްގެ އާދަމް ޒާން ޔަޒްމީން ހެދިއިރު، އަންހެން ކުދިންގެ ލޯންގް ޖަމްޕް ރެކޯޑު ހެދީ 2.15 މީޓަރަށް ފުންމި ހިތަދޫ ސްކޫލްގެ ފާތިމަތު ގާނީ ބިންތި އަސްނާން އެވެ.

މުބާރާތުގައި މިއަދު ވެސް ގިނަ އިވެންޓްތަކެއްގެ ފައިނަލް ހީޓުތައް ކުރިއަށްދާނެ އެވެ. އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox