އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް: އެންމެ ކާމިޔާބު ސްކޫލަކަށް އަހުމަދިއްޔާ

May 20, 2023, 8:20 AM
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް: އެންމެ ކާމިޔާބު ސްކޫލަކަށް އަހުމަދިއްޔާ

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ދެ ކެޓަގަރީއަކުން އެއް ވަނަ ހޯދައި އެންމެ ކާމިޔާބު ސްކޫލުގެ މަގާމު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ.

ޖުމްލަ އެކު، 47 ސްކޫލުން 1500 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއް ވަނަ ހޯދީ އަހުމަދިއްޔާ އިންނެވެ.

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ސްކޫލުގެ މަގާމް މަޖީދިއްޔާ ސްކޫލުން ހޯދިއިރު، އަންހެން އެެންމެ މޮޅު ސްކޫލަކީ ޝަރަފުއްދީން ސްކޫލެވެ.

އެންމެ ވާދަވެރިކޮށް ފެނުނު އެއް އުމުރުފުރާ ކަމަށްވާ 15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ސްކޫލަކީ ކަލާފާނު ސްކޫލެވެ. ފިރިހެން އެންމެ މޮޅު ސްކޫލަކީ އިސްކަންދަރު ސްކޫލެވެ.

އެ ގޮތުން، 13 އަހަރުން ދަށުގެ އުމުރުފުރާގައި ކޮންމެ ބަޔަކުން ގަދަ ތިން ސްކޫލު ހޮވި އެވެ. ފިރިހެން ބައިގެ އެއް ވަނަ މިލަންދޫ ސްކޫލުން ހޯދިއިރު، ދެ ވަނަ ހޯދީ މުހްޔިއްދީން ސްކޫލެވެ. ތިން ވަނަ ލިބުނީ ކަނޑުހުޅުދޫ ސްކޫލަށެވެ. އަންހެން ބައިގެ އެއް ވަނަ އަފީފުއްދީން ސްކޫލުން ހޯދިއިރު، ދެ ވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. ތިން ވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ.

އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، 20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ގައުމީ ޔުނިވާސިޓީގެ އިބްރާހިމް އާދަމް އެވެ. އޭނާ ވަނީ މި އުމުރުފުރާގެ ފިރިހެން 500 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދާފަ އެވެ.

ވިހި އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު އެވެ. ލަޔާނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ. ސަތޭކަ މީޓަރާއި 400 މީޓަރު ދުވުން ލަޔާނާ ނިންމާލީ މި އިވެންޓުގެ ސްކޫލު ރެކޯޑަކާ އެކުގަ އެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުންނަކީ ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު އާއި މަޖީދިއްޔާ ސްކޫލްގެ ޒައިން ޒައިދު އަބްދުﷲ އެވެ. އަހުނާ ވަނީ އޭނާ ރަން މެޑަލް ހޯދި ތިން އިވެންޓުގައި ވެސް ރެކޯޑު ހަދައިފަ އެވެ. އެ ގޮތުން، 100 މީޓަރާއި 200 މީޓަރު ދުވުމުން އަހުނާ ސްކޫލް ރެކޯޑު ހެދިއިރު، ޓްރިޕަލް ޖަމްޕުން އޭނާ ވަނީ ގައުމީ ރެކޯޑު މުގުރާލާފަ އެވެ.

މަޖީދިއްޔާގެ ޒައިން ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، 1500 މީޓަރު ދުވުން ޒައިން ނިންމާލީ ސްކޫލު ރެކޯޑަކާ އެކުގަ އެވެ.

ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ ތިން ރަން މެޑައްޔާ އެކު އިސްކަންދަރު ސްކޫލްގެ މުހައްމަދު އިލާން އިމްރާން އެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕުން އެއް ވަނަ ހޯދައިފަ އެވެ.

މި އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކީ ހިތަދޫ ސްކޫލްގެ އާމިނަތު ޒީވާ އާމިރު އެވެ. ޒީވާ ވަނީ އަންހެން ކުދިންގެ 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެ ގޮތުން، 20 އަހަރުން ދަށުގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރުފުރާއެއްގެ އެކި ކެޓަގަރީތަކުން އެއް ވަނަ އެއް ސްކޫލަކަށް މި އަހަރު ލިބިފަ އެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox