ކަބްރޭރާ ބުނަނީ ރާއްޖެ އަކީ "ގޮތް ނޭނގޭ" ޓީމެއް ކަމަށް

Nov 12, 2024, 3:25 PM
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ފީފާ ރެޖިސްޓާޑް ދެ އެކުވެރިކަމުގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝް އިން ތައްޔާރުވާއިރު، ރާއްޖެ އަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ "ގޮތްނޭނގޭ ޓީމެއް" ކަމަށާއި އެހެންވެ، އެެއްވެސް ނަޒަރަކުން ފަސޭހަކޮށް ވިސްނައިގެން މެޗަށް ތައްޔާރުނުވާ ކަމަށް ބަންގްލަދޭޝް ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

ބަންގްލަދޭޝް އާއި ރާއްޖޭން ވާދަކުރާ ފީފާ ލެވަލް ވަން އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ކަބްރޭރާ ބުނީ، 2022 ވަނަ އަހަރު މާޗް މަހު ބަންގްލަދޭޝާ ހަވާލުވެ، މިހާތަނަށް އޭނާ އެ ޓީމުގައި ކުރި މަސައްކަތް ފެންނަން އޮތް އެއް ކަމަކީ، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން ނެރުނު ނަތީޖާތައް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ (މ) އާއި ޑިފެންޑަރު، ޓޯޕޫ (ކ).

އެ ގޮތުން، ކަބްރޭރާ ހަވާލުވި ފަހުން، ރާއްޖޭން ބަންގްލަދޭޝާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަންގްލަދޭޝް ވަނީ މޮޅުވެފަ އެވެ. އެއީ، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އާއި ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ބަންގްލަދޭޝް ދަނޑުގައި ކުޅުނު މެޗުންނެވެ.

"ރާއްޖޭގައި 2022 ވަނަ އަހަރު މާޗް މަހު ކުޅުނު މެޗާއި މިދިޔަ އަހަރުގެ މެޗުތަކަށް ބަލާއިރު، އަހަރެމެންގެ ކުޅުން ރަނގަޅުވި މިންވަރު ފެންނާނެ. އުންމީދަކީ، މާދަމާގެ މެޗުގައި އިތުރު ލެވަލަކަށް ޓީމު ގެންދިއުން،" ކަބްރޭރާ ބުންޏެވެ.

"ދެން، ވިސްނަންޖެހޭ ކަމެއް، ރާއްޖެ އަކީ (ފުޓްބޯޅައިގައި) ވަރަށް ހުނަރުވެރި ގައުމެއް. އެ މީހުން އަތުގައި އެ ހުރި ފޯވާޑް ކުޅުންތެރިންނަށް ބަލާއިރު. އެ މީހުންގެ ނަސީބު ދެރަކަން އެއީ އެއް އަހަރު ވަންދެން ރަސްމީ މެޗެއް ނުކުޅެ ތިބެން ޖެހުމަކީ، ދެން، ގައުމީ ޓީމަށް ވެސް އެންމެ ފަހުން މެޗެއް ލިބުނީ މިދިޔަ އަހަރު އަހަރެމެންނާ އެކު. އަބަދުވެސް ރާއްޖެއާ ދެކޮޅަށް ކުޅެން އުނދަގޫ، އެއީ ގޮތްނޭނގޭ ޓީމެއް، ކުރީގައި ތިބި ކުޅުންތެރިން ކޮންމެ ތަފާތެއް ވެސް ދައްކަފާނެ، އެކަމަކު، އަހަރެން މި ހުރީ ދެ މެޗުން މޮޅުވާން އަމާޒު ހިފައިގެން،"

ރާއްޖެއާ ދެކޮޅަށް ކުޅޭނީ އެޓޭކިން ވިސްނުމުގައިތޯ ސުވާލުކުރުމުން، ކަބްރޭރާ ބުނީ، ރާއްޖެ އަތުން ބޯޅަ ހޯދައި، އެ ހިފަހައްޓައިގެން ޕޮޒެޝަން ގޭމެއް ކުޅުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ތިބީ ވަރަށް ޓެކްނިކަލީ މޮޅު ކުޅުންތެރިން ކަަމަށެވެ. އެހެން ނަމަވެސް ބަންގްލަދޭޝްގެ ރޭވުމަކަށްވާނީ، ވީހާވެސް އަވަހަށް ބޯޅަ ހޯދައި މެޗުގެ ކޮންޓްރޯލް ނަަގައިގެން އެ ޓީމުން ކުޅުން ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.

މި ދެ މެޗުން ރާއްޖެ އަތުން މޮޅުވާން ބޭނުންވާ އަނެއް ސަބަބަކީ އަންނަ އަހަރުގެ މާޗް މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ހިސާބަކަށް ވާސިލްވެ، އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ކަބްރޭރާ ވަނީ ބުނެފަ އެވެ.

އެކަަމަކު، މި ދެ މެޗުން ބޭނުންވާ ހުރިހާ ކަންކަން ނުކުރެވުނު ކަމުގައި ވިޔަސް، ހުރިހާ ކަމެއް ނިމުނީ ނޫން ކަމަށާއި، އެއީ، އޭޝިއަން ކަޕް ކޮލިފައިން އޮތީ އަންނަ މާޗް މަހު ކަމަށްވާއިރު، ކަންކަން ރަނގަޅުކުރަން އަދިވެސް ފުރުސަތު އެބައޮތް ކަމަށް ކަބްރޭރާ ބުނެފައިވެ އެވެ.

ރާއްޖެއާ ދެކޮޅަށް މި ދެ މެޗުގައި ނެރޭ ނަތީޖާތަކުގެ ސަބަބުން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ކަބްރޭރާ މަގާމުން ވަކިކޮށްފާނެ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވާއިރު، އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ކަބްރޭރާ ބުނީ، މިއީ، ކުރިއަށް އޮތް ދެ މެޗުގައި ޓީމުގެ ލެވަލް މައްޗަށް ގެންދަން ކުރެވޭ މަސައްކަތާ މެދު އޭނާ ވިސްނާ ވަގުތެއް ކަމަށެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox