ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެންޖެހޭ ހަ ބިލިއަން ރުފިޔާ މިދިޔަ ތިން އަހަރު މައާފުކޮށްދިން

ރާއްޖެއަށް މީގެ ކުރިން ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއަށް މީގެ ކުރިން ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު ފައިލް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހަ ބިލިއަން ރުފިޔާ މައާފުކޮށްދީފައިވާ ކަމަށް މި އަންނަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ބުނެފި އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެ ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ނޫން އާމްދަނީއާ ގުޅިގެން ދޭ ލުއިތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަސަރު ކުރާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް 390.9 މިލިއަން ޑޮލަރު (6،027.7 މިލިއަން) ރުފިޔާ މައާފު ކޮށްދީފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރު އާމްދަނީން ނަގާ ޓެކުހުން 216.7 މިލިއަން ރުފިޔާ އަދި އިމްޕޯޓު ޑިއުޓީގެ ކޮންސެޝަންތަކުން 1653.9 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އެ ރިޕޯޓުގައި އަންދާޒާ ކޮށްފައިވެ އެވެ. ނަމަވެސް އެ ލުއި ދިނުމުގެ މަގުސަދު ހާސިލު ކުރެވޭ މިންވަރު ދެނެގަނެވިފައި ނެތްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އިމްޕޯޓު ޑިއުޓީން ދައުލަތަށް ލިބެންޖެހޭ 1،147.7 މިލިއަން ރުފިޔާ ދޫކޮށްލާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ވަރަށް އިމްޕޯޓު ޑިއުޓީ ލިބޭނެ ކަމަށް މިހާރު ނުބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުން ދޭ ލުއިތަކުގެ ސަބަބުން އާމްދަނީއަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ނަން ޑިސްކްރިމޭޓަރީ އަދި ދެފުށްފެންނަ ނިޒާމަކުން ލުއި ދިނުމާއި މައާފު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ނޫން އާމްދަނީއާ ގުޅިގެން މިހާރު ލުއި ދެނީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 އާއި އެކްސްޕޯޓު އިމްޕޯޓު ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox