އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ނާހިލް

Nov 12, 2024, 5:11 AM
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ނާހިލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަކަށް ނާހިލް އަހުމަދު ސިއްދީގު އައްޔަންކުރަން ނޯމަލައިޒިން ކޮމީޓީން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ ވަޒީފާ އަދާކުރަމުން އައި ނާހިލް، 24، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރަން ނޯމަލައިޒިން ކޮމީޓީން ނިންމީ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ތަޖުރިބާ އަދި އިންޓަވިއު އަށް ބެލުމަށް ފަހު އެވެ. އެ މަގާމަށް ކުރިމަތިލުމަށް، އެފްއޭއެމް އިން ވަނީ ގެޒެޓްގައި އިއުލާނު ވެސް ކޮށްފަ އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ވެސް މީގެ ކުރިން ހިމެނުނު ނާހިލް ވަނީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފަ އެވެ.

މީގެ ކުރިން، އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރި ނާހިލް ސަރުކާރުގެ ވަޒީފާ އަށް ދިއުމަށްޓަކައި، އެފްއޭއެމް އިން ވަކިވީ މި އަހަރުގެ ކުރީކޮޅުގަ އެވެ. އެފްއޭއެމްގައި، ވަޒީފާ އަދާކުރިއިރު، އެފްއޭއެމް މެދުވެރިކޮށް ލިބުނު ފުރުސަތުތެއްގައި، ފުޓްބޯޅައިގެ މެނޭޖްމަންޓް ސެޓްފިކެޓެއް ވެސް ނާހިލް ވަނީ ހާސިލްކޮށްފަ އެވެ.

ދާދި ފަހުން، ގައުމީ 16 އަހަރުން ދަށުގެ ޓީމު، އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާގައި މެޗުތައް ކުޅުނުއިރު، ރާއްޖެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި، ޗައިނާ އަށް ދަތުރުކުރި، ނާހިލް، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ ޒިންމާއާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ހަވާލުވާނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އެންމެ ފަހުން އަދާކުރީ ޖައުޝަން ޝަރީފް (ޖައު) އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ފަހު ބައިގައި ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ޖައު ވަނީ އޮގަސްޓް މަހު، ފީފާ އިން އައްޔަންްކުރި، ނޯމަލައިޒިން ކޮމިޓީން އެފްއޭއެމްގެ މަސައްކަތް ފެށިއިރު ވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ. އެއީ، އެ މަގާމަށް ނޯމަލައިޒިން ކޮމީޓީން ފަރާތެއް ހަމަޖައްސަންދެން އެއްވެސް އުޖޫރައެއް ނުނަގާ ގޮތަށް ޖައުޝަން އަދާކުރެއްވި ޒިންމާއެއް ކަމަށް ނޯމަލައިޒިން ކޮމީޓީން ބުނެފައިވެ އެެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާދޭން ޖައުޝަން، ހުށަަހެޅުމަށް ފަހު ވެސް، ފަހުން މަގާމުގައި ދެމިހުރީ، ނޯމަލައިޒިން ކޮމިޓީން އެދިގެންނެވެ.

ނާހިލް ވެގެންދާނީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެފްއޭއެމްގައި މަސައްކަތްކުރާ ހަތަރު ވަނަ ޖެނެރަލް ސެކްރެޓަރީ އަށެެވެ. އަދި އޭނާ އަކީ އެފްއޭއެމްގެ ތާރީހުގައި އެ މަގާމާ ހަވާލުވާ އެންމެ އުމުރުން ހަގު ޖެނެރަލް ސެކްރެޓަރީ އަށެވެ. ޖެނެރަލް ސެކްރެޓަރީގެ މަގާމަކީ، އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންނާއި ހިންގާ ކޮމިޓީގެ ލަފާ އާއި އިރުޝާދުގެ ދަށުން އެސޯސިއޭޝަންގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ހިންގުމަށް ހުންނަ ފަރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox