މިނިވަން ތިން މުއައްސަސާއެއްގެ ހަ މެންބަރަކު ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަތައް ކޮމިޓީއަށް

ވަކިކުރަން ހުށަހަޅާފައިވާ މެންބަރުން. އެންމެ މުހިންމު ދެ މިނިވަން މުއައްސަސާގެ ވެރިން ރައީސް އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: އަދަދު

ވަކިކުރަން ހުށަހަޅާފައިވާ މެންބަރުން. އެންމެ މުހިންމު ދެ މިނިވަން މުއައްސަސާގެ ވެރިން ރައީސް އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް އެ ދެ ކޮމިޝަނުގެ ވެރިން އައްޔަނު ކުރުމުގެ ބާރު ދިނުމަށް ބިލުތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އެ ދެ ކޮމިޝަނުގެ މެންބަރުންތަކެއް ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބަލަން ފަށައިފި އެވެ.

މިއަދު މަޖިލީހަށް ވެއްދީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އަދި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް ވަކިކުރުމަށެވެ. އެ މެންބަރުންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މަޖިލީހުން ވަނީ މިއަދު ބަލަން ފަށާފަ އެވެ.

ނާސިހުއާ ދެކޮޅަށް އޮކްޓޯބަރު 21, ގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ ކޮމިޝަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ކޮމިޝަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެންވާ އަމަލުތަކެއް ނާސިހު ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ.

އީސީގެ މެންބަރުން ވެސް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ އޮކްޓޯބަރު 22, ގައި މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމަކު ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ނޭނގެ އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ ވަކިކުރަން ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.

މި ތިން މައްސަލަ ވެސް ދިރާސާކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ތުހުމަތުކޮށް މަޖިލީހަށް ލާފައިވާ ހުރިހާ މައްސަލައެއްގެ ތަފްސީލު ވަނީ ސިއްރުކޮށްފަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އެންމެންނަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު އަދި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ދުވަސްވަރު އެ މުއައްސަސާތަކަށް އައްޔަންކޮށްފައިވާ މެންބަރުންނެވެ.

ސީއެސްސީއަށް ނާސިހު އައްޔަނުކުރީ ސެޕްޓެމްބަރު 3، 2020، ގަ އެވެ. އީސީއަށް ނަޝާތު ދެ ވަނަ ދައުރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16، ގަ އެވެ. ޑރ. ޒާހިރު ފެބްރުއަރީ 21, 2021، ގައި އަދި އާސިފް އައްޔަނުކުރީ ސެޕްޓެމްބަރު 6، 2021، ގަ އެވެ. އޭސީސީއަށް ތޯހާ އަދި އަބްދުއްސަލާމް އައްޔަނުކުރީ މާޗު 17، 2022، ގަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox