ރެއާލްގެ އަނިޔާގެ މައްސަލަތަކުގެ ހައްލަކީ ރާމޯސް

Nov 10, 2024, 7:44 AM
ރެއާލްގެ އަނިޔާގެ މައްސަލަތަކުގެ ހައްލަކީ ރާމޯސް

މެޑްރިޑް (ނޮވެމްބަރު 10) - ރެއާލް މެޑްރިޑަށް ދިމާވެފައިވާ ޑިފެންޑަރުންގެ އަނިޔާގެ މައްސަލަތަކަށް މި ވަގުުތު ހޯދޭނެ އެންމެ ރަނގަޅު ހައްލަކީ ރެއާލްގެ ކުރީގެ ކެޕްޓަން، ސާޖިއޯ ރާމޯސް ކަމަށް އެ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަަރު، ގުޓީ ބުނެފި އެވެ.

މި ވަގުުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް، ސްޕެއިނުގެ ލެޖެންޑަރީ، ޑިފެންޑަރު، ރާމޯސް، 38، އަށް ހަތަރު ގައުމެއްގެ ލީގުތަކަށް ނިސްބަތްވާ ކްލަބްތަކުން ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ ހުރީ ގޮތެއް ނުނިންމަ އެވެ.

ރެއާލްގެ ގިނަ ޑިފެންޑަރުތަކަކަށް އަނިޔާވެފައިވާއިރު، މި ވަގުުތު ފިޓްކޮށް، ޑިފެންޑަރުންގެ ގޮތުގައި ސެންޓްރަލް މަގާމުގައި ސީނިއާ ކުޅުންތެރިންގެ ގޮތުގައި ބޭނުންކުރެވެން ހުރީ ދެ ޑިފެންޑަރުންނެވެ. އެއީ، ރޭގެ މެޗުގައި، އޮސަސޫނާއާ ދެކޮޅަށް ކުޅެނިކޮށް، ރެއާލްގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިލިޓާއޯ ކަކުލަށް އަނިޔާވެ، ސީޒަން ނިމިފައިވާތީ އެވެ.

"މިލިޓާއޯގެ އިންޖަރީއާ ހެދި ރެއާްލް އެ ދިޔައީ އުނދަގޫ ހާލަތަކަށް. މިދިޔަ އަހަރުގެ އަނިޔާއިން ރިކަވާވެ، ކުރީގެ ފޯމަށް އެޅެމުން ދަނިކޮށް، އަނެއްކާ ވެސް ސީރިއަސް އިންޖަރީއެއް މިލިޓާއޯ އަށް މި އައީ. ދެން، މި ހާލަތު އިތުރަށް ޗެލެންޖިން މި ވީ، ކާވަހާލް އެ ހުރީ އަނިޔާގައި، އަލަބާ އަކީ އެ އަންނައިރު ވެސް އަނިޔާގެ ގޯސް ރެކޯޑެއް އޮތީ،" ރެއާލްގެ ޑިފެންސްގެ ހާލަތު ކިޔައިދެމުން، ގުޓީ ބުންޏެވެ.

"ޔަގީނުން ވެސް ޓްރާންސްފާ މާކެޓަށް ޑިފެންޑަރެއް ހޯދަން ރެއާލުން ދާން ޖެހޭނެ. އެކަމަކު، ހައްލު ހޯދަން ޖެހޭނީ ޔަގީންކަމާ އެކު، އަހަންނަށް ފެންނަ އެންމެ ރަނގަޅު އެއް ހައްލަކީ ރާމޯސް. އެއީ އެއްވެސް ހަރަދެއް (ޓްރާންސްފާ ފީއެއް) ނުދައްކައި ކުރެވިދާނެ ކަމެއް،"

ރާމޯސް ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލަން ރާމޯސް ނިންމީ އެ ކްލަބްގެ ދެ އަހަރުގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު އެވެ. މިދިޔަ ސީޒަނަށް ފަހު، ސެވިއްޔާ އިން ވެސް ކޮންޓްރެކްޓް ފުރިހަމަކޮށް ވަކިވީ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox