އަންނަ ހަފްތާގައި ލިސްޓު އާންމުކޮށް، މި އަހަރު ފްލެޓްތައް ހަވާލުކުރާން: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: ފްލެޓު ލިސްޓު އާންމުކުރަނީ ހުރިހާ ފޯމެއް ރީއިވެލުއޭޓު ކުރުމަށް ފަހު -- ފޮޓޯ: އަދަދު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: ފްލެޓު ލިސްޓު އާންމުކުރަނީ ހުރިހާ ފޯމެއް ރީއިވެލުއޭޓު ކުރުމަށް ފަހު -- ފޮޓޯ: އަދަދު

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކޮށްފައިވާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، މި އަހަރު ނިމުމުގެ ކުރިން އެ ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހައިދަރު ވިދާޅުވީ 4،000 ފްލެޓަށް އެދި 20،697 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއް ރީ-އިވެލުއޭޓް ކުރުމަށްފަހު އަންނަ ހަފްތާގައި ވަގުތީ ލިސްޓެއް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހުރިހާ ފޯމުތަކެއް ރީ-އިވެލުއޭޓް ކޮށްފައި އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ ވަގުތީ ލިސްޓެއް އާންމު ކުރާނަން. ދެން ޝަކުވާގެ ފުރުސަތު ވެސް އަޅުގަނޑުމެން ހުޅުވާލާނަން. ހުޅުވާލާފައި އެ މަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ހަވާލު ކުރާނަން މި އަހަރު ނިމުމުގެ ކުރިން. އެއީ ޝަކުވާއަށް މުއްދަތެއް ވެސް ބޭނުންވާނެތީއާ އެކީގައި،" ހައިދަރު ވިދާޅުވި އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރަން ހައުސިން މިނިސްޓަރީން މީގެ ކުރިން ނިންމީ މިދިޔަ މަސް ނިމުމުގެ ކުރިންނެވެ. ނަމަވެސް ލިސްޓު އާންމު ކުރުން މި މަހަށް ފަސްކުރީ ހުރިހާ ފޯމުތައް ރީ-އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ އެވެ.

ހައިދަރު ވިދާޅުވީ ފޯމުތައް އަލުން ރީ-އިވެލުއޭޓް ކުރަން ނިންމީ ފްލެޓުތަކުގެ މައްސަލަ ބެލުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމާ ގުޅިގެން މިނިސްޓްރީ އާއި މާލެ ސިޓީން ފްލެޓުގެ ކަންތަކާ ގުޅިގެން އުފައްދާފައިވާ ކޮމިޓީން ދިން ލަފަޔާއެކު ކަމަށެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox