ގަވާއިދާ ހިލާފަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް ޖޫރިމަނާ ދެއްކުން އިސްތިސްނާކޮށްފި

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ޝިޕްމަންޓެއް ހިފެހެއްޓުން: ގަވާއިދާ ހިލާފަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް ޖޫރިމަނާ ކުރުން އިސްތިސްނާ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ޝިޕްމަންޓެއް ހިފެހެއްޓުން: ގަވާއިދާ ހިލާފަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް ޖޫރިމަނާ ކުރުން އިސްތިސްނާ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: ކަސްޓަމްސް

ގަވާއިދާ ހިލާފަށް ރާއްޖެ ގެންނަ ދުންފަތުގެ ބާވަތްތަކަށް ޖޫރިމަނާ ދެއްކުން އިސްތިސްނާކޮށް، އެ ތަކެތި ނައްތާލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް ހަތަރުވަނަ އިސްލާހު ގެނެސްފި އެވެ.

އާ ގަވާއިދުގެ ދަށުން ޕޯސްޓު މެދުވެރިކޮށް ނުވަތަ ކުރިއާ ސާވިސް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރިން އަމިއްލަ ނަމުގައި، އަމިއްލަ ބޭނުމަށް، ގަވާއިދާ ހިލާފަށް ގެންނަ ދުންފަތުގެ ބާވަތްތައް ގެނައުމުން ދެން ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެ ގަންނަ ތަކެތި ނައްތާލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބޭނެ އެވެ.

މީގެ ކުރިން ގަވާއިދު އޮތް ގޮތުން އެ ގެނައި ތަކެއްޗަށް ޖޫރިމަނާ ކުރުމަށްފަހު، އެ ތަކެތި ނައްތައިލުމުގެ ބާރު ވެސް ތަންފީޒީ އިދާރާތަކަށް ލިބިގެންވެ އެވެ.

ނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދުގެ ތިންވަނަ އިސްލާހުގައި ބުނާގޮތުން ގަވާއިދާ ހިލާފަށް ގެންނަ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ހިފެހެއްޓިފައި ހުންނައިރު ހިނގާ ހަރަދާއި، ނައްތާލަން ހިނގާ ހަރަދު ވެސް ދައްކަން ޖެހޭނީ އެ އެއްޗެހި ގެނައި މީހާ އެވެ.

އޭގެއިތުރުން ރާއްޖެއިން ބޭރުން އަންނަ 18 އަހަރު ފުރިފައިވާ ފަތުރުވެރިން ގެންނަ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަުގައި ބެހެއްޓުމަށްފަހު، އަނބުރާ ގެންދަން ޖެހޭ މުއްދަތުގައި ނުގެންގޮސްފިނަމަ، އެ ތަކެތި ނައްތާލުމުގެ ބާރު ވެސް ކަސްޓަމްސްއަށް ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox