ނުހައްގު މުއްސަނދިކަން ހުއްޓުވަން މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ

މެންބަރު އަހުމަދު ސަލީމް އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. -- ފޮޓޯ: އަބްދުﷲ އިޔާން

މެންބަރު އަހުމަދު ސަލީމް އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. -- ފޮޓޯ: އަބްދުﷲ އިޔާން

މި ސަރުކާރުގެ ބައެއް ވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް ހިޔާނާތާއި ނުހައްގު މުއްސަނދިކަމުގެ ތުހުމަތުކުރެވޭއިރު، އެފަދަ ކުށްތައް ހުއްޓުވަން މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ނުހައްގު މުއްސަނދިކަމުގެ ކުށް ބަޔާންކުރާ ގާނޫނުލް އުގޫބާތުގެ 515 ވަނަ މާއްދާ ބަދަލުކުރަން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އިއްޔެ ސަލީމް ވިދާޅުވީ ދައުލަތުގައި ހިނގާ ގޯސްކަންތައް ބަލައި ހުއްޓުވުމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތައް އެކުލަވާލެވިފައިވާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތައް ހަދާފައި ހުރީ ނަމެއްގައި ނޫން ކަމަށާއި އެ ކޮމިޓީތަކަށް މައްސަލަތައް ގެނެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ މެންބަރުންގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި ސަލީމް ފާހަގަ ކުރެއްވި އެވެ.

"މި މަޖިލީހުގައި އެއްވެސް ހާލަތެއްގައި ކޮމިޓީތަކެއް ހަދާފައި ހުރިއްޔަކީއެއް ހަމަ ކޮމިޓީއެއްގެ ނަމަކުނޫން. އެ ކޮމިޓީތައް ހަދާފައި ހުރީ ހަމަ ސަރުކާރު ޖަވާބުދާރީކުރުވުމާއި އަދި ނޭއްގާނީ އަމަލުތައް ހިންގާ މީހުންގެ ކަންތައްތައް ބެލުމާއި އަދި ނާޖާއިޒު ގޮތުގައި ކަންކަންކުރާ މީހުންގެ ކަންތައްތައް ބެލުމާއި އަދި މި ނޫނަސް އަނެއްހެން ދަންނަވާނަމަ ހުރިހާ ކަމެއް ބެލޭނެ ވަރަށް އެބަ އޮތް މި މަޖިލީހުގައި ކޮމިޓީތައް ހެދިފައި،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަންކަން ބެލޭނެ ގޮތަށް މަޖިލީހުގެ ކޮމިޓީތައް ހަރަކާތްތެރިކުރުވަން، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު، ސަލީމް، މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އަށް ވެސް ގޮވައިލެއްވި އެވެ.

"ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުގަނޑުމެން އަޅުވައިގެން މިކަން ތިބެގެނެއް މި ކަމެއް ނުކުރެވޭނެ. ހަމަ އެމަނިކުފާނާ އެއްވަރަށް މި އިއްޒަތްތެރި މަޖިލީހުގައި ވެސް އަޅުގަނޑުމެން މި މަސައްކަތްކުރަން ޖެހޭނެ. އަދި ހާއްސަކޮށް އަޅުގަނޑުމެން ކަމާ ގުޅުންހުރި ކޮމިޓީތަކުން މި މައްސަލަތައް ވަރަށް ބާރަށް ބެލިއްޔާ ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށް މި ކަމުން ސަލާމަތެއްނުވެވޭނެ،" ސަލީމް ވިދާޅުވި އެވެ.

މިހާރު ބިލް އޮތް ގޮތުން ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ނުހައްގު މުއްސަނދި ކަމެއްގެ ތުހުމަތު ކުރެވި މައްސަލަ ބަލާނަމަ، އެކަމެއް ސާފުކޮށް ދިނުމުގެ ޒިންމާ އޮތީ ތުހުމަތުވާ ފަރާތަށެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ކަންކަން ނުވެ އޮތީ ގާނޫނުތައް ނެތިގެން ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox