ދުންފަތް ކޮންޓްރޯލް ކޮށްގެން ސިޔާސީ ގޮތުން ބެޖެއް ޖެހޭނެ ކަހަލަ ބަދަލެއް ފަސް އަހަރުން ނުގެނެވޭނެ: އެޗްޕީއޭ

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު (ކ): ދުންފަތް ކޮންޓްރޯލް ކުރުމަށް ސިޔާސީ ގޮތުން ބެޖެއް ޖެހޭނެ ކަހަލަ ބަދަލެއް ފަސް އަހަރުން ނުގެނެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު (ކ): ދުންފަތް ކޮންޓްރޯލް ކުރުމަށް ސިޔާސީ ގޮތުން ބެޖެއް ޖެހޭނެ ކަހަލަ ބަދަލެއް ފަސް އަހަރުން ނުގެނެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު އިސްލާހު ކޮށްގެން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނަތީޖާއެއް ފެންނާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން މުހައްމަދު ވިދާޅުވީ ސިޔާސީ ގޮތުން ބެޖެއް ޖެހުމުގެ ގޮތުން ހެޔޮ ބަދަލެއް ފަސް އަހަރު ތެރޭ ނުގެނެވޭނެ ކަމަށެވެ. ނަމަވެސް މީހުންގެ ދިރިއުޅުމާ ގުޅިފައި ހުންނަ ކަންތައްތަކުގެ ނަތީޖާ އެ މުއްދަތުގައި ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ކަމެއްގެ ނަތީޖާއެއް ނުލިބޭނެ މި ދައުރަކު ހަމަ ގައިމު ވެސް. ގަބޫލުފުޅު ނުކުރައްވާތި ސިޔާސީ ގޮތުން ބެޖެއް ޖެހޭނެ ކަހަލަ ބަދަލެއް ފަސް އަހަރު، ހަތަރު އަހަރު ތެރޭގައި އަތުވެދާނެ ކަމަށް. އާންމު ސިއްހަތުގެ އަދި މީހުންގެ އެޑިކްޝަނާ ބިހޭވިއާއާ ގުޅިފައި ހުންނަ ކަންތައްތަކުގެ ނަތީޖާ ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު އިސްލާހު ކުރަން ޖެހެނީ އަންނަން އޮތް ޖީލަށްކަން ފާހަގަކުރައްވައި ހަސަން މުހައްމަދު ވިދާޅުވީ ގާނޫނު ފަރުމާ ކުރާއިރު ވަރަށް ބޮޑަށް ތަފުސީލު ކޮށްފިނަމަ، ގަވާއިދު ހަދާ މަރުހަލާގައި ގާނޫނުގައި ވަކިގޮތަކަށް އޮތުމުން އުނދަގޫތަކެއް ދިމާވެދާނެ ކަމަށެވެ.

އެގޮތުން ހަސަން މުހައްމަދު ވިދާޅުވީ ނޮވެމްބަރު 15، ގެ ކުރިން ގާނޫނު ފާސް ކުރަން ބޭނުންވާނަމަ، ހުރިހާ ތަފުސީލެއް ގާނޫނުގެ ތެރެއަށް ނުގެނެސް ގަވާއިދުގެ ތެރެއިން ވަކި ކަންކަމެއް ކުރަން ލާޒިމު ކުރެވިދާނެ ކަމަށެވެ.

މި މަހުގެ މެދު ތެރޭގައި ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނަކުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީތެރިވެދިނުމުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަސަން މުހައްމަދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށްފަ އެވެ. އެގޮތުން، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ސިނގިރޭޓަކުން ނަގާ އަދަދު 8ރ. އަށް މަތިކޮށް ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.

އޭގެ އިތުރުން ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް ރާއްޖޭގައި މަނާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox